Advertisement

މ. ރަބީޢުވިލާ، ފޮޓޯ: މުޙައްމަދު ފުރުޤާން --

18 Aug 2024
ޚަބަރު

ސަރުކާރުގެ ޚަރަދުގައި އަމިއްލަ މީހެއްގެ ގެއެއް ތަޅައިދޭން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އެންގެވުމަށް، ސަރުކާރުގެ ޚަރަދުގައި އަމިއްލަ މީހެއްގެ ގެ ތަޅައިދިނުމުގެ މަސައްކަތް، ފަށާފައިވާ ކަމުގައި، ލޯކަލް ގަވަނެންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މ. ރަބީޢު ވިލާ ތަޅާލުމުގެ މަސައްކަތް ކުރަމުން ދަނީ، އެއިމާރާތުގެ ސަބަބުން މީހަކަށް ނުރައްކަލެއް ލިބިދާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގަންނަވާތީ، ސީދާ އެމަނިކުފާނު ދެއްވި އިރުޝާދުގެ ދަށުން ކަމަށެވެ. އަދި އެމަސައްކަތް ކުރަމުން ދަނީ، ލޯކަލް ގަވަނެންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްގެން ކަމުގައިވެސް އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

މ. ރަބީޢުވިލާއަކީ، އަކިރި އާއި މުރަކަވެލި ބޭނުންކޮށްގެން ކޮންކްރީޓްއަޅައި، 90ގެ އަހަރުތަކުގެ ތެރޭގައި 6 ބުރިއަށް އިމާރާތްކޮށްފައިވާ ގެއެކެވެ. އެގެ ބާވެ ދިރިނޫޅެވޭ ވަރުވުމުގެ ސަބަބުން އެގެއިން މީހުން ނުކުމެފައިވާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އެގެ ފަޅަށް ހުންނާތީ، މާލޭގައި އުޅޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެމީހުންގެ އައްޑާއެއްގެ ގޮތުގައި އެގެ އައީ ބޭނުން ކުރަމުންނެވެ.

އެގޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރި، ޒުވާނަކު އޯވަރޑޯޒްވެގެން ނިޔާވެފައި އޮއްވައި މިދިޔަ މެއިމަހުގެ ތެރޭގައި ވަނީ ފެނިފައެވެ. އޭނާގެ ހަށިގަނޑު ފެނުނީ މަރުވެފައި އޮންނަތާ 3 ދުވަސްފަހުން ހަށިގަނޑު ކުނިވެފައި އޮއްވައެވެ. އޭގެ އިތުރުން، އެގޭގެ ހަތަރުވަނަ ފަންގިފިލާގައި މިއަހަރުގެ އޭޕްރީޅް މަހުގެ ތެރޭގައި އަލިފާނުގެ ބޮޑު ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.

މާލޭގައި އަކިރި އާއި މުރަކަވެލި އިމާރާތްކުރަމުން ދިޔަ ޒަމާނުގައި އިމާރަތްކޮށްފައިވާ ބައެއް ގޭގެ މިހާރު ހުރީ، ދިރިނޫޅެވޭ ވަރަށް ބާވެ ތަޅާލަން ޖެހިފައެވެ. އެހެން ނަމަވެސް އެގޭގޭގެ ވެރިފަރާތްތަކަށް އެގެތައް ތަޅާނުލެވުމާއި ގުޅިގެން އެކަމުގެ ސަބަބުން އާއްމުން ނުރައްކަލަށް ހުށައެޅިގެންދާތީ، އެފަދަ ގޭގެ ސަރުކާރުގެ ޚަރަދުގައި މީގެ ކުރީގެ ދައުރުތަކުގައިވެސް ތަޅާލާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.