Advertisement

މިނިސްޓަރ އާދަމް ޝަރީފާއިއެކު ހިރިމަރަދޫގެ ކައުންސިލް މެމްބަރުން ---

09 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ހދ. ހިރިމަރަދޫ ރައްޔިތުން ބޭނުން ވަނީ، ތުލުސްދޫއަށް ހިޖުރަކުރަން!

ހދ. ހިރިމަރަދޫ ރައްޔިތުން ބޭނުންވަނީ، އެރަށްދޫކޮށް، ކ. ތުލުސްދޫއަށް ހިޖުރަ ކުރަން ކަމުގައި އެރަށު ކައުންސިލުން، ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރަށް ދަންނަވައިފިއެވެ.

މިއަދު އެކައުންސިލްގެ މެމްބަރު ވަނީ، މާލޭގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި ބައްދަލު ކުރައްވާފައެވެ. އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ހދ. ހިރިމަރަދޫ ކައުންސިލާއެކު ވަޒީރު އާދަމް ޝަރީފު ޢުމަރު ބޭއްވެވި ބައްދަލުވުމުގައި އެ ރަށު މީހުން، ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން މި ވަގުތު ދިމާވެފައިވާ ނެރުތިލަވުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް ކައުންސިލުން ވަނީ މިނިސްޓަރަށް ދަންނަވާފައެވެ. 

ހދ. ހިރިމަރަދޫ ރައްޔިތުން، ކ. ތުލުސްދޫއަށް ބަދަލުވުމަށް އެދިފައި ވާއިރު، އެރަށަކީ، ސުނާމީ ކާރިސާއަށްފަހު، ދ. ރިނބުދޫ މީހުންވެސް ހިޖުރަކޮށްފައިވާ ރަށެކެވެ. ރިނބުދޫ މީހުންގެ ތެރެއިން ތުލުސްދޫއަށް ހިޖުރަކޮށްފައި ވަނީ ބައެއް އާއިލާތަކުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.