Advertisement

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު -- ފޮޓޯ: ރައީސް އޮފީސް

04 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ކައުންސިލްތަކުން ޚަރަދުތައް ކުޑަކުރުމަށް މިނިސްޓަރު އަންގަވައިފި

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، ލޯކަލް ކައުންސިލްތަކުންވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް ނުކުރެއްވުމަށް، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ކައުންސިލް އިދާރާތަކަށް އަންގަވައިފިއެވެ.

އެ މިނިސްޓްރީން އެކަން އަންގައި ނެރުއްވި ސާކިއުލާގައި ވަނީ، ކައުންސިލްތަކުގެ ރިކަރެންޓް ޚަރަދުތައް ކުޑަކުރެއްވުމަށްވެސް އަންގަވާފައެވެ. މިގޮތުން، މިވަގުތު ކޮންމެހެން ކުރައްވަންޖެހޭ ހަރަދުތައް ނޫނީ ނުކުރެއްވުމަށާއި ކޮންމެހެން ކުރައްވަންޖެހޭ ދަތުރުތައް ނޫނީ ނުކުރެއްވުމަށާއި މުނާސަބަތަކާ ގުޅިގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެއް ނުބޭއްވުމަށާއި އެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރު މުބާރާތެއް މިދުވަސްވަރު ނުބޭއްވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެ ސަރކިއުލަރގައި މިނިސްޓްރީން ވަނީ ކައުންސިލްތަކަށް އަންގަވާފައެވެ.

ކައުންސިލްތަކުން ޚަރަދުތައް ކުޑަކުރެއްވުމަށް މިނިސްޓަރު އެންގެވި އިރު، އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ކައުންސިލްތަކުގެ މުހިއްމު ނޫން ޚަރަދުތައް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމްވެސް ބައެއް ކައުންސިލްތަކުން ކުރުމަށް ރާވާފައިވާ މުހިއްމު ނޫން ބައެއް ދަތުރުތަކާއި ކަންކަމާއި ގުޅޭ ވާހަކަތައް ހާމަކުރެއްވިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެއެވެ. އެފައިސާއިން އެއްބައި ކައުންސިލްތަކަށް ނުފުދޭއިރު، ބައެއް މަދު ކައުންސިލްތަކަކީ، އެކައުންސިލްތަކަށް ވަރަށް ގިނަ އާމްދަނީ ލިބޭ ކައުންސިލްތަކެވެ.

ސަރުކާރުން ޚަރަދު ކުޑަކުރެއްވުމަށް އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން، މިނިވަން ދުވަހުގެ ހަރަކާތްތައްވެސް މިއަހަރު ނުބާއްވަވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.