Advertisement

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް --

22 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ލޯތްބާއި އޯގާތެރި ކަމުގެ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް އައު މޭޔަރު އެދިވަޑައިގެންފި

ލޯތްބާއި އޯގާތެރި ކަމުގެ މުޖުތަމައެއް ބިނާކުރުމަށް އެންމެ ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އައު މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.

އާޒިމް މިހެން ވިދާޅުވީ، މަޤާމުގެ ހުވާކުރައްވައި މަސްޢޫލިއްޔަތާއި ޒިންމާތަކާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށާއި، ސިޓީ ކައުންސިލަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އޭނާ ޔަޤީން ކުރައްވާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ތަރުތީބުވެ ހިނގަމުންދަނީ، މަރުކަޒީ ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ހިންގޭނެ ނިޒާމެއްގެ ގޮތުގައި ކަންވެސް އާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ހަމަ ވަރަށް އެދެން، ލޯތްބާއި އޯގާތެރިކަމުގެ މުޖުތަމައެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަން. އަޅުގަނޑުގެ މުޅި މޭޔަރުކަމުގައި އަމާޒަކަށްވާނީ ވަރަށް ލޯބިވާ މީހުންތަކެއް ބިނާކުރުން. ވަރަށް ގަދަރުކުރާ މީހުންތަކެއް ބިނާކުރުން. އެކަކު އަނެކަކަށް އިޙްތިރާމްކުރާ މުޖުތަމަޢެއް ބިނާކުރުން. މީގެ މަތީގައި މުޅި އަސާސް ހިމެނިގެންދާނެ ކަމުގެ، ފުރިހަމަ ޔަޤީންކަން ދެން. އަޅުގަނޑު އެދެން މިއަސާސް މަތީގައި ހުރިހާ ބޭފުޅުން ތިއްބެވުންވެސް." 

މާލޭގެ މޭޔަރު އާދަމް އާޒިމް

އާޒިމްގެ ވާހަކަފުޅުގައި އެމަނިކުފާނަށް އިތުބާރު ކުރައްވައި، މާލޭގެ މޭޔަރުކަމުގެ މަޤާމަށް އިންތިޚާބުކޮށްދެއްވީތީ މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އާދަމް އާޒިމްގެ ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ވެވަޑައިގެންނެވި އެންމެ ބޮޑު އެއްވަޢުދަކީ، މާލެއަކީ މާލޭގެ ރައްޔިތުން ދިރިއުޅޭ ހިތުން އުޅޭ ފަދަ ތަނަކަށް މާލެ ހައްދަވައިދެއްވުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.