Advertisement

16 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ކަންމަތި ތަކުގައި ޕާކުކުރާ ވެހިކަލްތައް ވަގުތުން ޓޯކުރަނީ

މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާނޭހެން، ޕޭވްމަންޓުތައް ބްލޮކްވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ފުލުހުންނާ ގުޅިގެން ވަގުތުން ޓޯވ ކުރުމަށް ވިސްނަމުން އަންނަ ކަމަށް، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އަދި އެ ކައުންސިލުން ވިސްނަނީ ކަން މަތި ތަކުގައި ރަތް ރޮނގު ދެމުމަށް ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރަން މުއައްސަސާތަކުން ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ،  ކަންމަތިތަކުގައި ޕާކު ކުރުމަކީ މަނާކަމެއް ނަމަވެސް، ކަންމަތިތަކުގައި އުޅަނދު ޕާކުކޮށްފައި ހުންނަ ކަމަށާއި، މަޝްވަރާ ކުރެވުނު ފިޔަވަޅަކީ ރައްޔިތުން އެކަމަށް ސަމާލުވާން އެންގުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.

"މިކަން ކުރަން މިއުޅެނީ ހުރިހާ އެންމެންނަށް ފަސޭހަ ކުރަން. މަގުސަދަކީ އެންމެންނަށް ފަސޭހަކޮށްދިނުން..."

 މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ހުރިހާ ރައްޔިތުންނަށް ފަސޭހަވާނެ ގޮތް ހަދައިދޭން. ފުލުހުންނަށް ފަސޭހައެއް ނޫން ޓޯކޮށްގެން ގެންދާކަށް ވެސް. އަޅުގަނޑުމެންނަށް ފަސޭހައެއް ނޫން މުޅި މާލޭގައި ރޮނގު ދަމައިގެން އުޅޭކަށް ވެސް..." 

 މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އިތުރަށް ވިދާޅުވިއެވެ.

މާލޭގައި ދުއްވާ ވެހިކަލްތައް އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، ވެހިކަލްތައް ޕާކުކުރާއިރު ޕޭވްމަންޓުން ހިނގާ މީހުނަށް އެއްވެސް ވަރަކަށް ނުވިސްނާކަން މިހާރު އޮތީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ. އެގޮތުން ޕޭވްމަންޓަށް އެރޭނެ ގޮތެއް ހޯދުމަށް އުނދަގޫ އިރު، ޕޭވްމަންޓަށް އެރިއްޖެނަމަ އެ ތަނުން ފައިބާނެ ގޮތެއް ހޯދުމަށް ވެސް މިހާރު އޮންނަނީ އުނދަގޫ ކަމަކަށް ވެފައެވެ.

ކޮމެންޓް
ސެން
މީކޮންމެހެން ކުރާންވެއްޖެ ކަމެއް. މާ ލަސްވެސްވެއްޖެ
16 Aug 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.