Advertisement

ހުޅުމާލޭގެ މިސްކިތެއް --

29 May 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ދިވެހި ފިރިހެނުން ހޯދަނީ

މާލެ ސަރައްހަދުގެ މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމަށްޓަކައި ދިވެހި ފިރިހެން މުވައްޒަފުން ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މާލޭ ސިޓި ކައުންސިލުން ބުނެފައިވާ ގޮތުގައި، މާލެ ސަރަހައްދުގެ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް 13 ދިވެހި ފިރިހެނުން ބޭނުންވެއެވެ. އެކައުންސިލުން އެ ވަޒީފާއަށް ފުރުޞަތު ހުޅުވާލާފައި ވަނީ އެއް އަހަރުގެ ކޮންޓްރެކްޓް ވަޒީފާއެއްގެ ގޮތުގައެވެ.

މިވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާއަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން މާލޭ ސިޓީ ކައުންސިލްގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އައީ ބީލަމުގެ އުސޫލުން ކުންފުނިތަކާއި ހަވާލުކޮށްގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.