Advertisement

މާލޭގެ މަގެއްގެ ކަންމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް--- ފޮޓޯ: ސިޓީ ކައުންސިލް

23 Mar 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މާލޭގެ މަގު މައްޗަށް ކުނިއަޅާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްދިނުމަށް އެދިއްޖެ

މާލޭގެ މަގުތަކުގެ މައްޗަށް ކުނިއެޅުން ނުހުއްޓޭތީ، މަގުމައްޗަށް ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

މިފަދަ މައްސަލަތައް ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުންވަނީ އޮންލައިން ޕޯޓަލްއެއް ވެސް (https://complaints.malecity.gov.mv/) ތައާރަފްކޮށްފައެވެ. އެގޮތުން މައްސަލަ ހުށަހަޅާ ފަރާތުގެ ނަމާއި، އީމެއިލް ނުވަތަ މޯބައިލް ނަމްބަރު ޖެއްސެވުމަށްފަހު، ޝަކުވާއާ ގުޅޭ ސަރަހައްދާއި، އަވަށާއި ލިޔުއްވައި، އެ ޝަކުވާ ސިޓީ ކައުންސިލާއި ހިއްސާކުރުމުގެ ފުރުސަތު މި ޕޯޓަލް އިން ފަހިކޮށްދީފައިވެއެވެ. މީގެ އިތުރުން މި ޝަކުވާއާއެކު ފޮޓޯ އަދި ވީޑިއޯ ވެސް ހުށަހެޅޭނެއެވެ.

މަގުތަކުގެ މައްޗަށް ކުނިއަޅާ މީހުންގެ މައްސަލަތައް ރިޕޯޓު ކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން ސިޓީ ކައުންސިލުން މޯބައިލް ނަންބަރެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. އެ ކައުންސިލުން އެދިފައިވަނީ ވައިބާ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް، މަގުމައްޗަށް ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ 9341144 އާ ހިއްސާކުރުމަށެވެ.

މަގުމައްޗަށް ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ސިޓީ ކައުންސިލުން މިހާރު އާންމު ކުރަން ފަށާފައިވާއިރު، ފުލުހުންނާ ގުޅިގެން މި މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި މަގުތަކަށް ކުނިއަޅާ މީހުންނަށް ނަސޭހަތް ދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ވެސް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.