މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑްކުއާޓަރޒް --
މާރާމާރީ ހިންގައިގެން ދެމީހަކު ހައްޔަރުކޮށްފި
މާލޭގައި ދަރުބާރުގޭ ކައިރީގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިމާރާމާރީ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭގެ 22:30 ހާއިރުގައި ކަމަށެވެ. މާރާމާރީއާއި ގުޅިގެން އެކަކަށް އަނިޔާވެ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫންކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިމާރާމާރީގެ މައްސަލަ ބަލަމުން އަަންނަކަމަށެވެ.