Advertisement

އެކްސިޑެންޓްވި އެޓްމޮސްފިއަރ ކަނިފުށި ރިޒޯޓުގެ ލޯންޗް - ފޮޓޯ: މެރިން ޕޮލިސް

05 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ރޭ ހުޅުމާލެ ކައިރިން ދެލޯންޗް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު ފިޔަވައި އެހެން އެންމެން ހޮސްޕިޓަލުން ދޫކޮށްލައިފި

ރޭ ހުޅުމާލެ ނެރު ކައިރީގައި ދެލޯންޗެއް އެކްސިޑެންޓްވި އަނިޔާވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ރޭ އެގާރަޖަހާ އެހާކަންހާއިރު މިހާދިސާ ހިނގީ، ހުޅުމާލެ ނެރުމަތީގައި، ރިޒޯޓެެއްގެ ލޯންޗަކާއި، އެހެން ލޯންނެއް ޖެހިގެންނެވެ. އެކްސިޑެންޓްވި އެއް ލޯންޗަކީ ރެހެންދި ނަމަކަށް ކިޔާ ލޯންޗެކެވެ. އަނެއް ލޯންޗަކީ، އެޓްމޮސްފިއަރ ކަނިފުށި ރިޒޯޓުގެ ވަރު ނަމަކަސް ކިޔާ ލޯންޗެކެވެ.

އެކްސިޑެންޓާއި ގުޅިގެން 7 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދީފައި ވެއެެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ އެންމެން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމުގައި އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހޮސްޕިޓަލުން އަދި ދޫކޮށް ނުލާ އޮތް މީހާގެ ހާލުވެސް ސްޓޭބަލް ކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަނީ ވޯޑުގައި ކަމަށެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ކަނޑުމަތީގެ މިފަދަ ނުރައްކާތެރި ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.