Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

20 Dec 2023
ޚަބަރު
ޝިފްނާ އަޙްމަދް

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް 2 ބޭފުޅަކު ކުރިމަތިލައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް 2 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. ޕޮލިސް ކޮމިޝަނަރގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ހުޅުވާލީ މިމަހުގެ 15ވަނަ ދުވަހުއެވެ.

މި މުއްދަތު ހަމަވިއިރު، މި މަޤާމަށް ކުރިމަތިލެއްވި 2 ބޭފުޅުންނަކީ، މިވަގުތު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ތިއްބެވި އަލީ ޝުޖާއުއާއި އިސްމާޢީލް ނަވީންއެވެ.

2021 ވަނަ އަހަރުގެ މާރިޗު މަހު ޢަމަލުކުރަން ފެށި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރަންޖެހޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ. އަދި އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަންވާނީ އެމަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަން ކުރުމަށް ފަހު ކަމަށްވެސް ޤާނޫނު ބަޔާންކުރެއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޙަމީދު މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ރިޓަޔަރ ކުރެއްވުމުންނެވެ. އެހެންކަމުން އެކްޓިންގ ޕޮލިސް ކޮމިޝަނަރުގެ މަޤާމު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.