Advertisement

ފުލުހުންގެ މައި މަރުކަޒު --

07 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެއާޕޯޓުގެ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެ

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެއާޕޯޓުގެ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، މިމާރިޗުމަހުގެ 15 ވަނަ ދުވަހު، މަސްތުވާތަކެތި ހުރި ލަގެޖެއް އުސޫލުން ބޭރުން އެއާޕޯޓުން ބޭރުކުރަން އުޅުނު މައްސަލައެއްގައި އެއާޕޯޓުގެ ދެ މުވައްޒަފަކާއި، ލަގެޖާއި ހަވާލުވާން އައި ދިވެހި މީހާ އާއި އަދި އެލަގެޖު ގެނައި ޕާކިސްތާނުގެ މީހަކު ހައްޔަރުކޮށްފައި ވާކަަމަށެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، އުސޫލާއި ޚިލާފަށް އެއާޕޯޓުން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް ލަގެޖުގައި، 4.5 ކިލޯއަށްވުރެ މަސްތުވާތަކެތި ހުރިކަމަށެވެ. އެމަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ، މެތާއި ހެރޮއިން ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

އެމީހުންގެ ބަންދިގެ މުއްދަތު އިތުރުކުރުމަށް މިއަދު އެމީހުން ކޯޓަށް ހާޟިރު ކުރުމުން، އެމީހުންގެ ތެރޭގައި ހިމެނޭ އެއާޕޯޓުގެ ސީނިއަރ މުވައްޒަފު ފުލުހުން ދޫކޮށްލާފައިވާ ކަމުގައިވެސް ޝިފާން ވިދާޅުވިއެވެ. ޝިފާން ވިދާޅުވީ، އެމުވައްޒަފާއި ދެކޮޅަށް ހެކި ހުރި ނަމަވެސް އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތުތަކާއި އެކުގައި ކަމަށެވެ.

އަދި މިމައްސަލައިގައި ގިނަ މުވައްޒަފުންތަކެއް ހިމެނޭތީ، އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަޙްޤިޤުކުރަމުންދާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިއްބެ
އެއީމިއަދަކުއުޅޭކަމެއްނޫންއެއީ1980އިންފެށިގެންހިނގާކަމެއްބައްމީހުންބޭރުންއަންނަނީވަކިބަޔަކުވަކިދުވަހަކުޑިއުޓީގައިތިބޭއިރުއެވެމިއީމާފުށީޖަލަށްފޯނުވައްދާގޮތަށްކުރާކަމެކެވެ
07 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.