Advertisement

އެކްސިޑެންޓްވި ސައިކަލާއި ލޯޑަރު -- ފޮޓޯ: ސޯޝަލްމީޑިއާ

03 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ފުވައްމުލަކުގައި ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފުވައްމުލަކުގައި ރޭވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.

މިއެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 27 އަހަރުގެ ޒުވާނަކަށް ކަމަށާއި، އޭނާގެ ހާލު ސީރިއަސްވެ ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމުގައިވެސް ފުުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ރޭ ގެ އެކްސިޑެންޓް ހިނގާފައި ވަނީ، ފުވައްމުލަކު ދިގުވާޑު ނައިބު ތުއްތުމަގުން ދުއްވާފައި ދިޔަ ސައިކަލެއް އެމަގުގައި ބާއްވާފައި އޮތް އެކްސްކަވޭޓަރެއްގައި ޖެހިގެންނެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 23:45 ގައި ކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ އެކްސްކަވޭޓަރެއްގައި ޖެހިގެން ކަމުގައި ފުލުހުން ވިދާޅުވި ނަމަވެސް، ފޮޓޯއިން ފެންނަ ގޮތުގައި، ސައިކަލްޖެހިފައިވަނީ، ލޯޑަރެއްގައެވެ. ބާރު ސްޕީޑުގައި އައިސް ސައިކަލުޖެހިފައިވަނީ އޭގެ ދަތްގަނޑު ތެރޭގައެވެ.

އިއްޔެރޭވެސް ފުވައްމުލަކުގައި ބާރު ސްޕީޑުގައި ޒުވާނަކު ދުއްވި ސައިކަލެއް މަގުހުރަސްކުރާ ފާހަގަ ހަރުކޮށްފައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ވަނީ އެކްސިޑެންޓް ވެފައެވެ. އެހާދިސާގައި 32 އަހަރުގެ ޒުވާނަކަށް އަނިޔާވި އިރު، އިއްޔެރޭވެސް އެކްސިޑެންޓް ހިނގާފައި ވަނީ ހަމަ އެއްވަގުތެއްގައެވެ. އޭނާއަށްވެސް މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.