Advertisement

ގެއްލިގެން ހޯދަމުންދާ ފަރިހި 2 ދޯނި

20 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ގެއްލިގެން ހޯދާ ދޯނީގައި ތިން މީހުން މަހަށް ދިޔަ: އެމްއެންޑީއެފް

އިއްޔެ ހަވީރު މަހަށް ފުރިފަހުން ޚަބަރެއް ނުވާތީ ހޯދަމުންދާ، ފަރިހި 2 ނަމަކަށް ކިޔާ ޑައިވިން ދޯނީގައި 3 މީހުން މަހަށް ގޮސްފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެންމެ ފުރަތަމަ މައުލޫމާތު ލިބުނީ އެދޯނިން މަހަށް ދިޔައީ ދެމީހުންކަމަށެވެ. އެހެން ނަމަވެސް އިތުރު އެހެން މީހަކުވެސް އެދޯނީގައި ދިޔަކަމަށް އެމްއެންޑީއެފުން ހާމަކުރެއްވީ މިއަދު ހެނދުނުއެވެ.

އިއްޔެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 22:06 ހާއިރުގައެވެ. އަދި ރޭގެ 22:45 ހާއިރު ފުލުހުން އެމްއެންޑީއެފަށް ރިޕޯޓްކޮށް އެދޯންޏާއި މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ގެއްލުނު ދޯންޏާއި މީހުން ހޯދުމަށް، ދާދިފަހުން ވައިގެ އަސްކަރިއްޔާގައި ބޭނުން ކުރި ޑްރޯންވެސް ރޭ ވަނީ ގެއްލުނު މީހުން ހޯދުމަށް އުދުއްސަން ފަށާފައި ކަމަށާއި، މުލީގައި އޮންނަ ކޯސްޓްގާޑް ހާބަރކްރާފްޓް 114 ވެސް އެދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ކުރި މަސައްކަތުން އަދި އެދޯނި ފެނިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.