Advertisement

މުޙައްމަދު ޒިޔާދު - ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް --

28 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ފުލުހުންގެ އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ފުލުހުންގެ ސީނިއަރ އޮފިސަރަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވެފައި ވަނީ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ވ. ނަސީމާ މަންޒިލް މުޙައްމަދު ޒިޔާދެވެ. އޭނާ ނިޔާވި އިރު އުމުރަކީ 44 އަހަރެވެ.

ޒިޔާދު ފެނިފައި ވަނީ ވެއްޓިފައި އޮއްވައި ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް، އާއިލާ އާއި ރަޙްމަތްތެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

ޒިޔާދު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ.

ޒިޔާދުގެ ޖަނާޒާ އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށް ފަހުގައި، ހުޅުމާލޭ ސަހަރާގައެވެ. ޒިޔާދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ، މިއަދުގެ ޢަޞުރު ނަމާދަށް ފަހުގައި ހުޅުމާލެ ސަހަރާ މިސްކިތް، މަސްޖިދު ޒައިދު ބިން ޘާބިތުގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.