Advertisement

ގެއްލިގެން ހޯދަމުންދާ ދޯނި --

20 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ނުކުތް ދެމީހަކު ގެއްލިގެން ހޯދަން ފަށައިފި

މ. މަޑުއްވަރިން ދޯންޏެއްގައި ފަރުމަހުގެ މަސްވެރިކަމަށް ނުކުތް ދެމީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއަދު ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިރޭގެ 22:06 ހާއިރު ކަމަށެވެ. 

އެމްއެންޑީއެފުން ވިދާޅުވީ، ދޯނި ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުން އެމްއެންޑިއެފަށް ފޯރުކޮށްދީފައި ވަނީ މިރޭގެ 22:45 ހާއިރުގައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ، ފަރިހި 2 ނަމަކަށް ކިޔާ އެދޯންޏަކީ ޑައިވިން ދޯންޏެއް ކަމަށާއި، އެދޯނީގައި އެދެމީހުން މަސްވެރިކަމަށް ނުކުމެފައި ވަނީ މ. ރަތްމަންދޫ ކައިރިއަށް ކަމަށެވެ. އަދި އެދޯނި ފުރާފައި ވަނީ މިރޭގެ 8 ޖަހާއިރު އަންނަ ގޮތަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

އެނގިފައިވާ ގޮތުގައި ދޯނި ގެއްލުނު ކަމަށް ރިޕޯޓު ކުރީ މަހަށްފުރި މީހުން އެނބުރިއައުމަށް ކަނޑައެޅި ގަޑިއަށް އައިސްފައި ނުވާތީއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗު ދަނީ ދޯންޏާއި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފް ސެންޓުރަލް އޭރިއާ ކޮމާންޑް ، ކޯސްޓްގާޑު ތާޑް ސުކޮޑްރަން އިންވެސް އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ޢައިޝް
ޔަޤީންވާކަމަކީ އަޅުގަނޑާއި އަޅުގަނޑުމެންގެ އާއިލާގެ މީހުން މޑޕއަށް ވޯޓުނުދޭނެކަން...
20 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.