Advertisement

ބަނޑޭރި ކޮށި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ --

13 May 2024
ޚަބަރު
ޢަލީ ސުލައިމާން

ބަނޑޭރި ކޮށީގައި މަރުވެފައި އޮތް މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ސިފައިންގެ އާއިލާތައް ދިރިއުޅުމަށް ޚާއްޞަކޮށްފައިވާ، ބަނޑޭރިކޮށީގައި ހުރި ފަޅު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ނިންމާފައިވާ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައި ވަނީ ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާތީ ކަމަށެވެ. އަދި މަރުވެފައި އޮއްވައި ފެނިފައިވާ މީހާއަކީ، އުމުރުުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައިވެސް ޝިފާން ވިދާޅުވިއެވެ.

އެމީހާ މަރުވެފައި އޮއްވައި ފެނިފައި ވަނީ، މަރުވެފައި އޮންނަތާ ކިތައް ދުވަސްފަހުންތޯ އާއި އަދި އެމީހާއަކީ ބަނޑޭރިކޮށީގެ އެ ގޭގައި ކުރިން ދިރިއުޅުނު މީހުންނާއި އެއްވެސް ގުޅުމެއް އޮތް މީހެއްތޯ ސުވާލު ކުރުމުން ޝިފާން ވިދާޅުވީ، ތަޙްޤީޤު ހިނގަމުންދާ މައްސަލައަކަށްވާތީ މިވަގުތަށް އެސުވާލަށް ޖަވާބެއް ދެވެން ނެތްކަމަށެވެ.

މަރުވެފައި އޮތް އެމީހާ ފެނިފައި ވަނީ މިއަދު ހަވީރުގައެވެ. އެމީހާގެ ހަށިގަނޑު އެގޭގެ ތެރެއިން ފެނިފައިވަނީ ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ގޮސް އެގޭތެރެ ބެލި ބެލުމުން ކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.

މަރުވެފައި އޮއްވައި ފެނުނު އެމީހާގެ ހަށިގަނޑު މިވަގުތު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.