Advertisement

ހުޅުމާލެ ފޭސް 3 ގެ ބިންހިއްކަމުންދާ ސަރަހައްދު --- ފޮޓޯ: އެޗްޑީސީ

03 May 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ ފަޅުގައި އޮތް ޑްރެޖަރެއްގައި ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލެ ފަޅުގައި އޮތް ޑްރެޖަރެއްގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި އެހާދިސާގައި މަރުވެފައި ވަނީ ބިދޭސީ މީހެކެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދުގެ 10:38ގައި ކަމަށެވެ. 

ފުލުހުންގެ އިދާރާިއން ވިދާޅުވީ، އެމީހާ ހުޅުމާލެ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހާދިސާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި ހާދިސާއެއް ހިނގައި މީހަކު މަރުވި އިރު އެއީ ކޮންކަމަކަށް ބޭނުން ކުރަމުން އައި ޑްރެޖަރެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ހުޅުމާލެ ފޭސް 3 ގެ ބިންހިއްކުމުގެ މަސައްކަތްތައް ކުރަމުންދާއިރު އެސަރަހައްދުގައި ޑްރެޖްތައް ބޭނުން ކުރަމުން ދިޔަ ނަމަވެސް ހާދިސާ ހިނގީ ބިންހިއްކުމުގެ މަސައްކަތް ކުރަމުން ދިޔަ ޑްރެޖަރެއްގައި ކަމެއް ސާފެއް ނޫނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.