Advertisement

މޯލްޑިވްސް ޕޮލިސް ސަރވިސް --

01 May 2024
ޚަބަރު
ޢަލީ ސުލައިމާން

ކުށަށް އަރައިގަތުމަށް ބޭނުން ކުރަމުން ދިޔަ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފި

"އެމްވީ ކޯލް ގާލްސް" ގެ ނަމުގައި ކުށަށް އަރައިގަތުމަށް ބޭނުންކުރަމުން ދިޔަ ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކުށަށް އަރައިގަތުމަށް ބޭނުން ކުރަމުން އައި އެ ޓެލެގްރާމް ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހުގައި އެކަމާއި ގުޅުންހުރި މައްސަލަތައް ތަޙްޤީޤުކުރަން ފަށާފައިވާކަމަށެވެ. އެނގިފައިވާ ގޮތުގައި އެޓެލެގްރާމް ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައިރު އެގްރޫޕުގައި 1500 ވުރެ ގިނަ މީހުން ސަބްސްކްރައިބްކޮށްފައިވެއެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ ޓެލެގްރާމް ޗެނަލް ހަދައިގެން ބޮޑެތި ކުށްތަކަށް އަރައިގަންނަމުން ދިޔަ ނެޓްވޯކެއް އަތުލައިގެންގައެވެ. އަދި އެމައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ވަނީ ތަޙްޤީޤުތައްވެސް ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.