Advertisement

ދިވެހި ފުލުހުންގެ މައި އިދާރާ --

14 May 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭގައި މެއި 5 ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައެއް ބަލަނީ

މިހިނގާ މެއިމަހުގެ  5 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައެއް ބަލަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ހާދިސާ ހިނގިތާ 10 ދުވަސްފަހުން ފުލުހުން މީޑިއާއަށް ހިއްޞާކުރި މައުލޫމާތުގައި ބުނެފައި ވަނީ، އެ އެކްސިޑެންޓް ހިނގާފައި ވަނީ މެއި މަހުގެ 5 ވަނަ ދުވަހުގެ 3:26 ހާއިރު ހުޅުމާލޭ އެމް.ދަޑަބުލިޔު.އެސް.ސީ އިމާރާތް ކައިރިން ކަމަށެވެ. އަދި އެކްސިޑެންޓް ހިނގާފައި ވަނީ އެމީހާ ދުއްވި ސައިކަލް ކަހާލައިގެން ވެއްޓުމުގެ ސަބަބުން ކަމުގައި ފުލުހުން ވިދާޅުވެފައިވެއެެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހާ ނިޔާވީ، ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހުގައި އިތުރުފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިމޮށް މެއި 6 ވަނަދުވަހުގެ ރޭ 00:50 ހާއިރުގައި ކަމަށެވެ. ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ވިދާޅުވީ އެ އެކްސިޑެންޓްގެ މައްސަލަ ފުލުހުން ތަޙްޤީޤުކުރަމުން ގެންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.