Advertisement

މަރުވެފައި ޑްރައިވަރު އިން ވެހިކަލް — ފޮޓޯ: ނޫން

15 May 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ ސަހަރާ ކައިރީގައި މަޑުކޮށްފައި އޮތް ވޭނެެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި އޮއްވައިފެނިއްޖެ

​ހުޅުމާލެ ސަހަރާކައިރީގައި މަޑުކޮށްފައި އޮތް ވޭނެއްގެ ތެރޭގައި ޑްރައިވަރު މަރުވެފައި އިންދައިފެނިއްޖެއެެވެ.

އެމީހާ ވެހިކަލްގައި މަޑުކޮށްފައި އޮންނަތާ ގިނައިރުވެ އާއްމު ފަރާތަކުން ފުލުހުންނަށް ރިޕޯޓް ކުރީ 15:30 ހާއިރުގައެވެ. އާއްމު މީހަކަށް އޭނާގެ ހަރަކާތެއް ނެތްކަން ފާހަގަވެ ބެލި އިރު އެމީހާގެ ހަށިގަނޑު އޮތީ ހަރުވެފައި ކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފައިވެއެވެ.

މަރުވި މީހަކީ އޮޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވޭނެއްގައި އިން ބިދޭސީ ޑްރައިވަރެކެވެ. ހެނދުނު 8:30 ހާއިރުން ފެށިގެން ވޭން އޮތީ އެތަނުގައި މަޑުކޮށްފައި ކަމުގައި އެސަރަހައްދުގައި ހޮޓާ ވިޔަފާރިކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

މިހާދިސާ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.​

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.