Advertisement

ފުލުހުންގެ މައި މަރުކަޒު ---

05 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އަނަސްގެ މަރުގެ މައްސަލައިގައި ކުށްސާބިތު ނުވެގެން ދޫކޮށްލި މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

އަނަސްގެ މަރުގެ މައްސަލައިގައި ކުށްސާބިތު ނުވެގެން ދޫކޮށްލި މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭ ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުލަތުން ދައުވާ އުފުލި 7 މީހުންގެ މައްޗަށް ކުށްސާބިތު ނުވާކަމަށް ކްރިމިނަލްކޯޓުން ހުކުމް ކުރުމުން އެމީހުން ބަންދުން ދޫވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނޭ މީހަކު ރޭ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަވީން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗައި ބަނގުރާ އުފުލަމުން ދިޔަ ކަނޑު އުޅަނދެއް އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އަދި އެމައްސަލައިގެ ތަފްސީލްތައް އަންނަ އާދީއްތަ ދުވަހު ފުލުހުންގެ ކްރައިން ޑިޕާޓްމަންޓުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެ ކަމުގައި ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން ނަވީން ވިދާޅުވީ، އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވުނު މީހުން ދޫވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަމެއް ކަމަށެވެ. އަދި އެމައްސަލައިގެ އިސްތިއުނާފް ލަސްވެފައި ވަނީ ކްރިމިނަލްކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވަމުންދާތީ ކަމަށާއި، އެރިޕޯޓް ލިބުމާއި އެކު ޤާނޫނީ ގޮތުން ކުރަންހުރި މަސައްކަތްތައްކޮށް ޕީޖީއާ ގުޅިގެން އެމައްސަލަ އިސްތިއުނާފް ކުރާނެ ކަމުަގައިވެސް ނަވީން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.