Advertisement

މޯލްޑިވްސް ޕޮލިސް ސަރވިސް ---

17 Mar 2024
ޚަބަރު

ބޮޑެތި ކުށްތައް ހިންގި ޖަޒީރާ ޓެލެގްރާމް ޗެނަލްތަކުގައި 7000 ވުރެ ގިނަ މީހުން ތިބި - ފުލުހުން

ޓެލެގްރާމް ޗެނަލްތަކެއް ހަދައިގެން، މަސްތުވާތަކެއްޗާއި ހަށިވިއްކުމާއި، ފޯޖު ޑޮކިއުމެންޓް ވިއްކުން ފަދަ މަސައްކަތްތައް ކުރަމުން ދިޔަ ޓެލެގްރާމް ގުރޫޕްތައް ފުލުހުން އަތުލައިގަނެ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔައިރު އެޗެނަލްތަަކަށް ސަބްކްރައިބްކޮށްފައިވާ މީހުންގެ އަދަދު 7000 ވުރެ މަތި ކަމުގައި ފުލުހުންގެ އިދާާއިން ވިދާޅުވެއްޖެއެވެ. ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސައިބަރ ޕޮލިސިންގ ސެންޓަރުގެ އިންވެސްޓިގޭޝަން އޮފިސަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު މުޙައްމަދު ވިދާޅުވީ، ޖަޒިރާގެ ނަމުގައި ހިންގަމުން އައި ޗެނަލްތައް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ އިރު ގިނަ އަދަދެއްގެ ބަޔަކު އެޗެނަލަށް ސަބްސްކްރައިބްކޮށް ޚިދުމަތް ހޯދަމުން ދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ، އެޗެނަލްތައް އުފައްދާފައި ވަނީ 2023 ވަނަ އަހަރުގެ އޭޕްރީމަހުގެ ތެރޭގައި ކަމަށާއި، އެ ޗެނަލްގެ ހަރަކާތްތައް އެންމެ މަތިވެފައި ވަނީ ފާއިތުވި 2 މަސްދުވަހުގައި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޓެލެގްރާމް ޗެނަލްތައް:

- ޖަޒީރާ އެޑްމިން

- ޖަޒީރާ ގާލްސް

- ޖަޒީރާ އެސްކޯޓް ގެލަރީ

- ޖަޒީރާ ސްކޭމް އެލާރޓް

- ޖަޒީރާ ލިންކް ޚަބަރު؛ ހިމެނެއެވެ.

ސައިބަރ ޕޮލިސިންގ ސެންޓަރުގެ އިންވެސްޓިގޭޝަން އޮފިސަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު މުޙައްމަދު ވިދާޅުވީ، އެޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާ މީހުންގެ ތެރޭގައި، ދިވެހިންނާއި ބިދޭސީންވެސް ހިމެނޭ ކަމަށެވެ.

އަދި އެމައްސަލައިގައި ހައްޔަރުކުރި، އުމުރުން 28 އަހަރުގެ ފިރިހެން މީހާ އާއި 39 އަހަރުގެ އަންހެން މީހާގެ ބަންދުގެ މުއްދަތު ޖަހާފައިވާކަމުަގއިވެސް އޭނާ ވިދާޅުވިއެވެ.

ހައްޔަރުކޮށްފައިވާ ދެމީހުންނާއި އަދި އެކަމުގައި ޝާމިލްވާ މީހުންގެ އެކައުންޓްތަކުގައި އެތައް މިލިޔަން ރުފިޔާއެއް ދައުރުކޮށްފައިވާކަންވެސް ފުުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި ޗެނަލްތައް މެދުވެރިކޮށް ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުން ގެންގޮސްފައި ވަނީ، ރާއްޖެއިން ބޭރުންވެސް ހަށިވިއްކާ މީހުން ގެނެސްގެން ކަމަށާއި، އަދި އެކަމުގައި ދިވެހިންވެސް ޝާމިލްވެފައިވާކަން ތަޙްޤީޤަށް ސާބިތުކުރެވިފައިވާ ކަމުގައި އާމިނަތު މުޙައްމަު ވިދާޅުވިއެވެ. އޭގެ އިތުރުން އެވިޔަފާރީ ފުޅާކޮށް ހިންގުމަށްޓަކައި ޚާއްޞަކޮށްގެން ޓެކްސީއެއް ބޭނުން ކުރަމުން ގެންގޮސްފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.