Advertisement

ހޯމް މިނިސްޓަރ ޢަލީ އިހްސާން ---

05 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ފުލުހުންގެ މަރުކަޒުތައް އަޅަން އުޅުނު ޕްރޮޖެކްޓްގެ މައްސަލަ ފުލުހުން ތަޙްްޤީޤުކުރަން ފަށައިފި

އިންދިރާ ޕްރޮޖެކްޓްގެ ދަށުުން ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޕްރޮޖެކްޓަށް ވީގޮތެއް ނޭނގިގެން އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ފަށާފައިވާ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ފަރާތުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، އިންދިރާ ޕްރޮޖެކްޓްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ، ހޯމް މިނިސްޓްރީގެ އެންގުމަށް ކަމަށެވެ.

އެޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިޔަށް ދިޔަ ގޮތާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރ ޢަލީ އިހްސާން ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ އިހްސާން ވިދާޅުވީ އެޕްރޮޖެކްޓާއި ގުޅޭ ކުންފުންޏާއި ގުޅޭނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެހެން ނަމަވެސް އެޕްރޮޖެކްޓްގެ ކަންކަން ހިނގައި ދިޔަ ގޮތް ބައްލަވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އިންދިރާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޕްރޮޖެކްޓާއި ގުޅޭ ގޮތުން ރަށްރަށުގެ ކައުންސިލްތަކުންވެސް މިނިސްޓްރީއާ ސުވާލު ކުރަމުންދާ ކަމަށެވެ.

"ވަރަށް ގިނަ ރަށްރަށުން ކައުންސިލްތަކުން ފާހަގަކުރަމުން އަންނަ މައްސަލައެއް، ފުލުހުންގެ ސްޓޭޝަންތައް އެރަށުގައި އެލުމަށް، މީގެ ދެތިން އަހަރެއް ކުރިން ނުވަތަ މިފާއިތުވެ ދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، އެރަށްރަށަށް އަންގާފައިއޮތް ކަމަށް، ރާއްޖެއަަށް އައި އިންދިރާ ޕްރޮޖެކްޓްސްގެ ތެރެއިން ފައިނޭންސް ކުރެވިގެން. ދެން މިކައުންސިލްތަކުން އަޅުގަނޑުމެންކައިރީ މިސުވާލު ކުރަނީ، ޚާއްޞަކޮށް މި މިނިސްޓްރީއަށް ކުރިމަތިވާ ސުވާލަކީ، އަދި ފުލުހުންނަށްވެސް ކުރިމަތިވާ ސުވާލަކީ، ކޮބާހޭ މިހާރު މި ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޕްރޮޖެކްޓްތަކަށް ކިހިނެއްތޯއޭ ވީ."

ހޯމް މިނިސްޓަރ ޢަލީ އިހްސާން

ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވީ، އެޕްރޮޖެކްޓަށް ވީ ކިހިނެއްތޯ ބައްލަވާލެއްވި ކަމަށެވެ. މިގޮތުން 2019 އޮގަސްޓް 26 ވަނަ ދުވަހު، 61 ޕޮލިސް ސްޓޭޝަނެއް ރާއްޖޭގައި އެޅުމަށްޓަކައި 41.18 މިލިޔަން ޔޫއެސް ޑޮލަރު ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް، އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމެންޓްސް ކިޔާ ކުންފުންޏަކުން، ޝައުޤުވެރިކަން ފާޅުކޮށް ދިވެހި ސަރުކާރަށް ހުށައަޅާފައިވާ ކަމަށެވެ. 

މިގޮތުން އެޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާގެ 85 އިންސައްތަ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ހޯދުމަށާއި، އަދި ދިވެހި ސަރުކާރުން 15 އިންސައްތަ ދިނުމަށް އެކުންފުނިން ހުށައަޅާފައިވާ ކަމަށެވެ. އަދި އެޕްރޮޖެކްޓްގެ ޕްރޮޕޯޒަލްއާއި އެގްރީމެންޓް ހެދުމަށް ފަހުގައި، 12 އޮކްޓޫބަރު 2022ގައި، އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ކިޔާ ޕާޓްނަރ ޝިޕަކަށް ބަދަލުކޮށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ  ކަމަށެވެ. އޭގެ ފަހުން ސަރުކާރުން މުއާމަލާތު ކުރަން ފަށާފައި ވަނީ އެޖޮއިންޓް ވެންޗަރ ކުންފުންޏާއި ކަމަށާއި އޭރުވެސް އެއްވެސް ފައިސާއެއް އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ދައުލަތަށް ނުލިބޭ ކަމަށާއި، އެހެން ނަމަވެސް 7 މާރިޗު 2023ގައި ދިވެހި ސަރުކާރުން އެކުންފުންޏަށް 3.6 މިލިއަންް ޑޮލަރު ދެއްކި ކަމުގައި ހޯމް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ. 

ހޯމް މިނިސްޓަރ އިހްސާން ވިދާޅުވީ، އެކުންފުންޏަކީ، ރާއްޖެއިން ބޭރު ފައިސާ ގެނެސް ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަން އެޅުމަށް ޝައުޤުވެރިކަން ފާޅު ކުރި ކުންފުންޏެއް ނަމަވެސް އެކުންފުންޏަށް ފުރަތަމަ ފައިސާ ދީފައި ވަނީ ދިވެހި ސަރުކާރުންކަމަށެވެ. ސަރުކާރުން އެފައިސާ ދިނުމަށްފަހުގައިވެސް އެއްވެސް ޕޮލިސް ސްޓޭޝަނެއް އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ހިނގާފައި ނުވާކަމުގައިވެސް ހޯމް މިނިސްޓަރ އިހްސާން ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރ އިހްސާން ވިދާޅުވީ، 13 އޭޕްރީލް 2023ގައި، އިންޑިއާގެ އެގްޒިމްބޭންކުގެ ފައިނޭންސް ހަމަ ނުޖެހުނުކަމުގައި، އިންދިރާ ޕްރޮޖެކްޓްސް ކުންފުނިން ރާއްޖެއަަށް އަންގާފައިވާ ކަމަށެވެ. އޭރު ދިވެހި ސަރުކާރުން އޮތީ އެކުންފުންޏަށް، 3.6 މިލިއަން ޑޮލަރު އެކުންފުންޏަށް ދީފައި ކަމަށާއި އޭގެ ފަހުން ކުރެވުނު މުއާމަލާތްތަކަށް ބަލާއިރުވެސް އެފައިސާއަށް ވީގޮތެއް ނޭނގޭ ކަމުގައި މިނިސްޓަރ އިހްސާން ވިދާޅުވިއެވެ. އަދި 20 ޖެނުއަރީ 2024ގައި އިންދިރާ ޕްރޮޖެކްޓް ހިންގުމަށް ހެދި ޖޮއިންޓްވެންޗަރ ކުންފުނި ރޫޅިފައިވާ ކަމަށް، އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމެންޓްސްއިން ސަރުކާރަށް އަންގާފައިވާކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރ އިހްސާން ވިދާޅުވީ، 13 އޮގަސްޓް 2023ގައި އިންޑިއާ ސަރުކާރުން ވަނީ، އިންދިރާ ޕްރޮޖެކްޓްގެ ދަށުން، 61 ޕޮލިސް ސްޓޭޝަން އެޅުމަށް، ހިލޭ އެހީގެ ގޮތުގައި 5 މިލިއަން ޑޮލަރު ދޭނެކަން އަންގާފައިވާ ކަމަށެވެ. އެހެންވެ ކުރިން ސަރުކާރުން އެޑްވާންސަށް ދިން 3.6 މިލިއަން ޑޮލަރަކީ، އިންޑިއާ ސަރުކާރުންދޭ ހިލޭ އެހީގެ ދަށުން ދެވުނު ފައިސާ ކަމުގައި ބަލައިގެން ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް ފިނޭންސް މިނިސްޓްރީން ފުލުހުންގެ އިދާރާއަށް އެންގެވި ކަމުގައިވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

"އަޅުގަނޑު މިއުޅެނީ އަދިދަށްވެސް ކުންފުނި ހުރި ތަނެއްވެސް، އެކުންފުންޏާއި ވާހަކަދައްކަންޖެހޭ މީހެއްވެސް، އެކުންފުނި ފަރާތުން މިދެންނެވި، ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިޔަށްދާންޖެހޭ ގޮތްވެސް އަދި ނުހޯދިގެން. މީ 61 ރަށުގެ މީހުން ނުވަތަ ރަށްރަށުގެ ކައުންސިލުން ކުރަމުން އަންނަ ސުވާލެއް ކަމަށް ވާތީ، މިހާތަނަށް މިމައްސަލައިގައި ކަން ހިނގާފައި އޮތް ގޮތް  އަޅުގަނޑު މިދަންނަވާލައި ދިނީ. މިހާރު އަޅުގަނޑުވާނީ، ދިވެހި ފުލުހުންގެ ޚިދުމަތަށް މިމައްސަލަ ތަޙްޤީޤުކޮށް ބަލައި ދިނުމަށް އެދި ދަންނަވާފައި." 

ހޯމް މިނިސްޓަރ ޢަލީ އިހްސާން

މިނިސްޓަރ އިހްސާން ވިދާޅުވީ އެޕްރޮޖެކްޓްގެ ކަންކަން ހިނގައި ދިޔަގޮތް ތަޙްޤީޤު ކުރުމަށް ފުލުހުންނަށް އެންގެވީ ދައުލަތުގެ 55 މިލިއަން ރުފިޔާ، ކޮންމެވެސް ކުންފުންޏަކަށް ދޫކުރެވި އެފައިސާއަށް ވީނުވީ ގޮތެއް ނޭނގޭތީ ކަމަށެވެ.

އަދި އެ 61 ޕޮލިސް ސްޓޭޝަންތައް އެޅޭނެ އެއްވެސް މަގެއް ފެނޭތޯ މަސައްކަތް ކުރައްވާނެ ކަމުގައިވެސް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.