Advertisement

ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫޠު --

17 Mar 2024
ޚަބަރު

ދޮޅު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި ޝާމިލްވާ މީހުންނަށް ދަޢުވާކުރަން ފޮނުވައިފި

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި ޝާމިލްވާ މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދު އެމައްސލަަ ޕީޖީއަށް ފޮނުވާފައިވާ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ކްރައިން އިންވެސްޓިގޭޝަން ކޮމާންޑުން ތަޙްޤީޤުކުރަމުންދާ މައްސަލަތަކާއި ގުޅޭ ގޮތުން، މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫޠު ވިދާޅުވީ، 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގެ ތަޙްޤީޤު ފުރިހަމަކޮށް މިހާރު އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ޕީޖީއަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. މިގޮތުން އެމައްސަލައިގައި ދައުވާ ކުރާ މީހުންގެ ތެރޭގައި ހިމެނެނީ، ކުޑަކުއްޖަކު ހިމެނޭހެން ތިން މީހަކު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

"މިމައްސަލައިގައ އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން، ތަހްޤީޤު ތެރޭގައި މިކުރެވުނު މަސައްކަތުން، މުދަލާއި ފައިސާ ހިމެނޭގޮތަށް 1.6 މިލިއަނަށް ވުރެ ގިނަ ރުފިޔާވަނީ އަޅުގަނޑުމެންނަށް ވަނީ ރިކަވަރ ކޮށްދެވިފައި. "

ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫޠު --

މިމައްސަލައިގައި ފައިސާ ފޭރިފައިވަނީ އެކައުންޓްގެ ވެރިފަރާތުގެ ފޯނުގެ ޕާސްވޯޑާއި އެހެނިހެން މައުލޫމާތު ހޯދައިގެންނެވެ. އެކަމުގައި ބައިވެރިވި ކުޑަކުއްޖާއަކީ، ފައިސާތަކުގެ ވެރިފަރާތުގެ އާއިލީ ގުޅުން އޮންނަ ކުއްޖެކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވައްކަމާއި އެކިގޮތް ގޮތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ފޭރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.