Advertisement

ހިޔާގެ ޓަވަރުތައް --

27 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގައި ނަޞާރާ ދީނަށް ގޮވާލާ ލިޔުމާއި ފޮތްތައް ބަހަމުން ދިޔަ ދެމީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ރާއްޖޭގައި ނަޞާރާ ދީން ފެތުރުމަށްޓަކައި، އެދީނުގެ ފޮތްތަކާއި ބިޒްނަސް ކާޑުތައް ބެހުމުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ދެއަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ނަޞާރާ ދީނާއި ގުޅޭ އެކި ފޮތްތަކާއި ލިޔުންތައް، ހިޔާ ސަރަހައްދުގައި ބެހުމުގެ މަސައްކަތް ކުރަނިކޮށް، ހިޔާ ގެ 6 ވަނަ ޓަވަރުންނެވެ.

ކްރިސްޓިއަން މިޝަނަރީއަަކަށް ނިސްބަތްވާ މި ދެއަންހެނުން ގެންދިޔައީ، ހިޔާގެ ޓަވަރުތަކުގެ ގްރައުންޑް ފްލޯތަކުގައި ހުންނަ މެއިލްބޮކްސްތައް، ކްރިސްޓިއަން ދީން ފެތުރުމަށް ތައްޔާރުކޮށްފައި ހުރި އެކި އެކި ލިޔުންތަކާއި، ޕޯސްޓް ކާޑުތައް އަޅަމުން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ އަންހެނުންނަކީ، ޖަރުމަނު ވިލާތަށް ނިސްބަތްވާ ދެމީހުން ކަމަށާއި އެދެމީހުން ރާއްޖެއަށް އެތެރެވެފައި ވަނީ ޓުއަރިސްޓް ވިސާގައި ކަމަށެވެ.

ރޭވި އިންތިޒާމްވެގެން، ދިވެހިރާއްޖޭގައި ނަޞާރާދީން ފެތުރުމަށް ބޭރުގެ ކްރިސްޓިއަން މިޝަނަރީ ތަކުން މަސައްކަތް ކުރަމުން އަންނަތާ ވަރަށް ގިނަ އަހަރުތައް ވަނީ ވެފައެވެ. ދިވެހިންގެ ތެރެއިން ބަޔަކު ނަޞާރާދީނަށް ވެއްދުމަށް އެންމެ ބޮޑު އަމާޒަކަށް ހަދާފައިވާ އެއް ސަބަބަކީ، ދިވެހިރާއްޖެއަކީ، %100 މުސްލިމް އާބާދީއެއް އޮތް ދައުލަތަކަށް ވުމެވެ.

ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ގޮވާލުމާއި، އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމަކީ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅިފައިވާ ކުށްތަކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.