Advertisement

ފޮޓޯ: ޕޮލިސް

02 Mar 2024
ޚަބަރު

އޮޔާދިޔަ 14 ޑައިވަރުން ފުލުހުން ސަލާމަތްކޮށްފި

ކަނޑުމަތީގައި 14 ޑައިވަރުން އޮޔާދަނިކޮށް ފުލުހުން ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނީ މެރިން ޕޮލިސް ލޯންޗެއް މިއަދު ހެނދުނު ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ގދ. ގަން ކައިރި، ކަނޑުމަތިން ޑައިވަރެއް ފެނިގެން ލޯންޗު އެ ސަރަހައްދަށް ދިޔައިރު އިތުރު ދެ ޑައިވަރުން ފެނުނު ކަމަށެވެ.

ލޯންޗު އެ ސަރަހައްދަށް ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއް އޮޔާ ދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ ކަނޑުމަތި ބަލާފައެވެ.

ފުލުހުން ސަލާމަތްކުރި މީހުންގެ ތެރޭގައި ހިމެނެނީ ރަޝިއާގެ 10 ޑައިވަރުންނާއި ދިވެހި ހަތަރު އިންސްޓްރަކްޓަރުންނެވެ.

ޕޮލިސް ލޯންޗުގައި އެ މީހުން ގެންދިޔައީ ގދ. ގައްދުއަށެވެ. ޑައިވްކުރަން އެ މީހުން ދިޔަ ސަފާރީ ވެސް ހޯދައި މިހާރު ވަނީ ހަވާލުކޮށްފައެވެ.

މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ މޫދަށް އެރޭ މީހުންނާއި ޑައިވަރުން، މޫސުމާއި އޮއެވަރަށް ބެލުމަށް އިރުޝާދު ދީފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.