Advertisement

ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއް --

03 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ޤަވާއިދާއި ޚިލާފަށް ޕާކުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރަން ނިންމައިފި

ޤަވާއިދާއި ޚިލާފަށް އެއްގަމު އުޅަނދު ޕާކުކުރާ ފަރާތްތަކަށް، އަންނަ ބުރާސްފަތި ދުވަހުންފެށިގެން ފިޔަވަޅުއަޅައި ޖޫރިމަނާކުރަން ފަށާނެ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ވިދާޅުވީ، މަގުމަތީ ހިނގާ ބިނގާވެ އުޅުމަށާއި، ޕަބްލިކް ޓްރާންސްޕޯޓަށާއި އެމާޖެންސީގައި ދުވާ އުޅަނދުފަހަރަށް ދަތިވާގޮތަށް، ޤަވާއިދާއި ޚިލާފަށް ޕާކުކުރާ ފަރާތްތަކާއި މެދު، އަންނަ ބުރާސްފަތި ދުވަހުންފެށިގެން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އަދި އެއްގަމު އުޅަނދު ޕާކުކުރުމުގެ ޤަވާއިދުގެ 14 ވަނަ މާއްދާގެ (ށ)ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިގޮތުން ޤަވާއިދާއި ޚިލާފަށް ޕާކުކުރާތީ ފިޔަވަޅު އެޅުމުގައި އިސްކަންދޭނެ ތަންތަނުގެ ގޮތުގައި ފުލުހުން ވަނީ، ބައެއް ތަންތަން ފާހަގަކުރައްވާފައެވެ. އެގޮތުން؛

* ގުްރީން ޒޯން

* ޕަބްލިކް ޓްރާންސްޕޯޓު ދުއްވާ މަގުތައް

* މަގުތަކާއި ގޯޅިތަކުގެ ކަންމަތި

* ސްކޫލުތައް ހިމެނޭ ސަރަހައްދު

* އޮފީސް އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކުރެވިފައިވާ ތަންތަނާއި، މިސްކިތްތަކާއި، އާއްމު ގޭބިސީތަކާއި، ގަރާޖުތަކަށް ވަދެ ނުކުމެ ހަދާ ފަރާތްތަކަށް ދަތިވާނޭހެން ޕާކުކުރާ އުޅަނދުފަހަރު؛ އާއި މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިގޮތުން ބުރާސްފަތި ދުވަހުން ފެށިގެން، މާލެ، ހުޅުމާލޭގައި ފިޔަވަޅު އަޅަން ފަށާނެ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މާލޭގައި އެއްގަމު އުޅަނދުފަހަރު ޕާކުކުރާނެ ތަން ނެތުމުގެ މައްސަލަ ބޮޑުވެފައި ވާއިރު، ޕާކު ކުރާނެ ތަން ނުދައްކައި، ޖޫރިމަނާ ނުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެ ވަޢުދުގެ ދަށުން ފާއިތުވި ތިންމަހެއްހާ ދުވަހު އެއްގަމު އުޅަނދުފަހަރު ޤަވާއިދާއި ޚިލާފަށް ޕާކުކޮށްގެން ސްޓިކާ ޖެހުން ހުއްޓާލާފައި ވާއިރު، އެކަމުގެ ސަބަބުން ޤަވާއިދާއި ޚިލާފަށް ޕާކު ކުރުން އިތުރުވެ އެކަން ވަނީ އާއްމު އުނދަގުލަކަށްވެފައެވެ.

ބުރާސްފަތި ދުވަހު އަލުން ޤަވާއިދާއި ޚިލާފަށް ޕާކުކުރާ އުޅަނދުފަހަރު ޖޫރިމަނާ ކުރަންފަށާއިރު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް އެއްގަމު އުޅަނދު ޕާކުކުރާނެ އެކަށީގެންވާ މިންވަރަށް ޖާގަ ހެދިފައެއް ނުވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.