Advertisement

މާފުށި ---

22 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މާފުށީގައި ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

މާލެ އަތޮޅު މާފުށީ ގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއަދުގެ ހާދިސާގައި ގެނބިގެން މަރުވެފައި އޮއްވައި ފެނިފައި ވަނީ ޗައިނާގެ އުމުރުން 30 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާ ފެނިފައި ވަނީ، މާފުށީ އެކްޓިވް ވޯޓަރ ސްޕޯޓްސް ކައިރިން ނެރުކައިރިއަށް ގެނބިފައި ވަނިކޮށް މިއަދު ހެނދުނު 10:25 ހާއިރުގައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ނިޔާވެފައި ވަނީ، ގެނބިފައި ވަނިކޮށް ފެނިގެން ނަގައިގެން ގެންގޮސް މާފުށީ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. 

މިހާދިސާ ހިނގައިދިޔަ ގޮތް ފުލުހުން ދަނީ ތަޙްޤީޤުކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Sep 2024
ޚަބަރު
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
20 Sep 2024
ޚަބަރު
އެންމެ ހެޔޮ އަމަލުގެ ތެރެއިން ފުރަތަަމަކަމަކީ މުސްލިމުންނަށް އުފާވެރިކަން ހޯދައިދިނުން: ހުކުރު ޚުޠުބާ
"އެންމެ މަންފާހުރި މީހާ" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، ރަޞޫލާގެ ޙަދީޘްފުޅުން ހާމަވާ ގޮތުގައި ހެޔޮ އަމަލުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް މާތް ނަބިއްޔާ ބަޔާންކޮށްދެއްވާފައި ވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށެވެ. އެގޮތުން އެންމެ އިސްކަން ދޭންޖެހޭނީ ތިމާގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި އަވައްޓެރީންނަށްކަންވެސް ނަބިއްޔާގެ ޙަދީޘުން އެނގޭ ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.
20 Sep 2024
ޚަބަރު
އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭ އެއް އެޅުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
މިފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އާއި، އެކައުންސިލްގެ މެމްބަރު އަޙްމަދު ޞަބާޙްއެވެ. މިކަމަށްޓަކައި އެރަށުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.
20 Sep 2024
ޚަބަރު
އިގިލިތައް ބުރިކޮށްލާނެ ކަމުގެ ބިރުދައްކައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރީ ސ. ހިތަދޫ، އަތިރީގެ، އަހުމަދު ސިވާތު، (37އ)، އަދި ސ. ހިތަދޫ، ޑިލައިޓް ފޭސް، މުހައްމަދު ސާލިމް، (37އ) ކަމަށެވެ. އެމީހުން ވަނީ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް، ވަޅިން ބިރު ދައްކައި، ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމުގައި ބުނެ ބިދޭސީ ދެމީހެއްގެ ވޮލެޓުގައި ހުރި ފައިސާތައް ފޭރިގެންފައެވެ.