Advertisement

ފުލުހުންގެ އިދާރާ --

21 Feb 2024
ޚަބަރު

ތޮއްޑޫގައި ދެ ފަތުރުވެރިއަކަށް ގޭންގަކުން ހަމަލާދީފައިވާ ކަމަށް ފަތުރަނީ ހަޤީޤަތާއި ޚިލާފު ވާހަކައެއް

އއ. ތޮއްޑޫގައި ގޭންގަކުން ރަޝިއާގެ ދެފަތުރުވެރިއަކަށް ހަމަލާދީ އެކަކު ޒަޚަމްކޮށްލާފައިވާކަމަށް ފަތުރަނީ ދޮގުވާކަހަކައެއް ކަމުގައި އެރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ބުނެފިއެވެ.

ސޯޝަލް މީޑިއާގެ ބައެއް އެކައުންޓްތަކުގައި، ތޮއްޑޫގައި ދެ ފަތުރުވެރިއަކަށް ގޭންގަކުން ހަމަލާދީފައިވާ ކަމަށް ބުނެ ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް، ތޮއްޑޫގައި އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ނެތްކަމުގައި އެފަރާތްތަކުން ބުނެފައިވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތޮއްޑޫގެ ގެސްޓް ހައުސެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ގައިގައި މީހަކު ޖަހައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް އިއްޔެ ހުށައެޅިފައިވާ ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހަވީރު، 18:30ގައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި އެމާރާމާރީގައި އަނިޔާވެފައި ވަނީ 42 އަހަރުގެ ރަޝިޔާ އަންހެނަކަށް ކަމަށާއި، ތޮއްޑޫ ހެލްތު ސެންޓަރުގައި އޭނާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމުަގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމާރާމާރީގެ މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށާއި މިހާތަނަށް އެމައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.