Advertisement

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައި އިދާރާ ---

27 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އިންޒާރުދިން ބަޔަކު ހައްޔަރުކޮށްފި

ފުލުުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނަށް އިންޒާރުދިން ގުރޫޕެއްގައި ހިމެނޭ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިމަހުގެ 11 ވަނަ ދުވަހު، ހުޅުމާލެ ފޭސް 1ގައި، ޓްރެފިކް ޤަވާއިދާއި ޚިލާފަށް އަދި އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ސައިކަލް ދުއްވި މީހަކު، މަޑުކުރަން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ މަޑުނުކޮށް ހުޅުމާލެ ފޭސް 2 އަށް ދިޔަކަމަށެވެ. އަދި ހުޅުމާލެ ފޭސް 2 ގެ ހިޔާގެ 11 ވަނަ ޓަވަރުކައިރިން އޭނާ ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށް ގެންނަން އުޅުމުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، އެސަރަހައްދުގެ އާއްމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކޮށް އަދި އެތަނުގައި ހަރަކާތްތެރިވި ފުލުހުންނާއި އެފުލުހހުންގެ އާއިލާއަށް ނިސްބަތްކޮށް އިންޒާރުދީފައިވާ ކަމަށެވެ.

މިހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް ފުލުހުން ނުކުޅެދިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ފުލުހުންގެ ޕްރޮފެޝަނަލިޒާމާއި މެދު ސުވާލު އުފައްދާފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެދުވަހުގެ ހާދިސާ އާއި ގުޅިގެން މިހާތަނަށް އެކި ދުވަސް މަތިން، ކޯޓު އަމުރުގެ ދަށުން، 4 މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ ދެފިރިހެނުންނާއި، 24 އަހަރުގެ ފިރިހެނަކާއި އަދި 26 އަހަރުގެ ފިރިހެނެކެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރެއިން 21 އަހަރުގެ ދެމީހުންނާއި، 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިން ކަމަށާއި، 26 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ލ. ގަމުގައި ހުއްޓައި ކަމަށެވެ. 

އަދި ހުޅުމާލެއިން ހައްޔަރުކުރި 21 އަހަރުގެ ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ މިއަދު ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ހުޅުމާލެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 21 އަހަރުގެ އެކަކު 2 ދުވަހަށް، އަދި 21 އަހަރުގެ އަނެއް މީހާ 24 އަހަރުގެ މީހާ، 10 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ހުޅުމާލެ މެޖިސްޓްރޭޓްކޯޓުން އަމުރު ދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ލ. ގަމުން ހައްޔަރު ކުރި 26 އަހަރުގެ މީހާގެ ބަންދަށް، ގަން މެޖިސްޓްރޭޓް ކޯޓުން 30 ދުވަސް ޖަހައިދީފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ކަފާލާތުގެ ދަށުން އެހެން މީހަކު ޖާމިނުކޮށް އޭނާ ގޭބަންދަށް ފަހުން ބަދަލުކޮށްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ފުލުހުންނަށް އިންޒާރުދީ ބިރުދެއްކުމާއި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ މި މައްސަލަތައް ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.