Advertisement

ވިލިމާލެ އާއި ގުޅިފަޅާއި ދެމެދު ---

22 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ވިލިމާލެ ކައިރިން ދެ ލޯންޗު އެކްސިޑެންޓްވެ 13 މީހަކަށް އަނިޔާވެއްޖެ

ވިލިމާލެ ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި 13 މީހުންނަށް އަނިޔާވެއްޖެެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކަނޑުމަތީގެ މިއެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭގެ 19:48 ގައި ކަމަށެވެ.

މިއެކްސިޑެންޓްގައި އަނިޔާވި 13 މީހުންގެ ތެރޭގައި ހިމެނެނީ، ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ 10 މީހުންނާއި، އަނަންތަރާ ރިޒޯޓުގެ 3 މީހުންނެވެ.

މިހާދިސާ ހިނގާފައި ވަނީ އެފްކޮންސްގެ މުވައްޒަފުން ދަތުރުކުރި ލޯންޗަކާއި އަންނަތަރާ ރިޒޯޓުގެ ލޯންޗެއް ޖެހިގެންނެވެ.

މިހާދިސާގައި އަނިޔާވި މީހުންނަށް އެންމެ ފުރަތަަ ފަރުވާ ދީފައި ވަނީ، ވިލިމާލެ ހޮސްޕިޓަލުގައެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ 6 މީހަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކަނޑުމަތީގެ މިއެކްސިޑެންޓާއި ގުޅިގެން މެރިން ޕޮލިސް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Sep 2024
ޚަބަރު
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
20 Sep 2024
ޚަބަރު
އެންމެ ހެޔޮ އަމަލުގެ ތެރެއިން ފުރަތަަމަކަމަކީ މުސްލިމުންނަށް އުފާވެރިކަން ހޯދައިދިނުން: ހުކުރު ޚުޠުބާ
"އެންމެ މަންފާހުރި މީހާ" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، ރަޞޫލާގެ ޙަދީޘްފުޅުން ހާމަވާ ގޮތުގައި ހެޔޮ އަމަލުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް މާތް ނަބިއްޔާ ބަޔާންކޮށްދެއްވާފައި ވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށެވެ. އެގޮތުން އެންމެ އިސްކަން ދޭންޖެހޭނީ ތިމާގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި އަވައްޓެރީންނަށްކަންވެސް ނަބިއްޔާގެ ޙަދީޘުން އެނގޭ ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.
20 Sep 2024
ޚަބަރު
އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭ އެއް އެޅުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
މިފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އާއި، އެކައުންސިލްގެ މެމްބަރު އަޙްމަދު ޞަބާޙްއެވެ. މިކަމަށްޓަކައި އެރަށުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.
20 Sep 2024
ޚަބަރު
އިގިލިތައް ބުރިކޮށްލާނެ ކަމުގެ ބިރުދައްކައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރީ ސ. ހިތަދޫ، އަތިރީގެ، އަހުމަދު ސިވާތު، (37އ)، އަދި ސ. ހިތަދޫ، ޑިލައިޓް ފޭސް، މުހައްމަދު ސާލިމް، (37އ) ކަމަށެވެ. އެމީހުން ވަނީ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް، ވަޅިން ބިރު ދައްކައި، ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމުގައި ބުނެ ބިދޭސީ ދެމީހެއްގެ ވޮލެޓުގައި ހުރި ފައިސާތައް ފޭރިގެންފައެވެ.