Advertisement

އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް --- ފޮޓޯ: ޕޮލިސް

03 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އާރްޑީސީގެ ޚިޔާނާތުގެ މައްސަލަ ފުލުހުންނާއި އޭސީސީން ގުޅިގެން ބަލަން ފަށައިފި

ފުލުހުންނާއި އޭސީސީން ގުޅިގެން އާރްޑީސީގެ ޚިޔާނާތުގެ މައްސަލަ ބަލަން ފަށައިފިއެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ އޭސީސިއާ ފުލުހުން ގުޅިގެން ކުރިޔަށް ގެންދިޔުމަށް ފަހުމު ނާމާއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއެކޮށްފައިވާ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން މިއަދު ފުލުުހުންނާއި އޭސީސީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، އެ މައްސަލައިގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ދެ މުއައްސަސާ އާއި ގުޅިގެން މިހާރު ފަށާފައިވާކަމަށެވެ. މިގޮތުން އެމައްސަލައިގައި، ކޮރަޕްޝަނާއި، ޚިޔާނާތް އަދި މަނީ ލޯންޑަރިންގެ މައްސަލަތައް އޭގައި ހިމެނޭ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، އާރްޑީސީގެ ތެރޭގައި ހިމެނޭ ޚިޔާނާތުގައި ބައިވެރިވާ 3 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި، އަދި އާރްޑީސީގެ އިތުރު 15 ވަރަކަށް މުވައްޒަފަކު އޭގެ ތެރޭގައި ހިމެނިފައިވާކަން ފާހަގަކުރެވިފައި ވާކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިޔަން ރުފިޔާ ވަދެފައިވާ ކަމަށާއި، އާރްޑީސީގެ މުވައްޒަފަކާއި ގުޅުން ހުރި މީހެއްގެ ކުންފުންޏަށްވެސް 3 ލައްކަ ރުފިޔާ ވަދެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޚިޔާނާތުގައި ބައިވެރިވެފައި ވާކަމަށް ތުހުމަތު ކުރެވޭ 3 މީހުންގެ އެކައުންޓަށް ޖުމުލަ، 14 މިލިއަން ރުފިޔާ ވަދެފައިވާ ކަމުގައިވެސް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބުދުﷲ ރަޝީދު ވިދާޅުވި ވެއެވެ.

އަދި އާރްޑީސީގެ ޚިޔާނާތުގެ މައްސަލައަށް ބަލާއިރު އެ ކުންފުނިން ފައިސާ ގެންގުޅެފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެއްގޮތަށް ނޫންކަމުގައިވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ، އާރްޑީސީގެ ޚިޔާނާތުގެ މައްސަލަ އެންމެ ފުރަތަމަ ސަމާލުކަމަށް ގެނެސްފައި ވަނީ 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހު، ދައުލަތުގެ އިދާރާއަކުން ކަމަށެވެ. އަދި އެ ޚިޔާނާތާއި ގުޅިގެން އެކަމާއި ގުޅޭ ލިޔެކިޔުންތައް ހޯދުމަށް، ކަމާއި ގުޅޭ މުއައްސަަސާތަކަށް މި ދިޔަ އަހަރު، ނޮވެމްބަރު މަހުގެ ތެރޭގައި ވަދެފައިވާނެ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެެވެ. 

ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ، އާރްޑީސީގެ ޚިޔާނާއި ގުޅޭ 213 ޓްރާންސްސެކްޝަނެއް ފާހަގަވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް 3 މީހުން ފާހަގަވެފައި ވީނަމަވެސް އެމީހުންގެ މައްޗަށްވެސް އަދި ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހޯދިފައި ނުވާކަމަށާއި، ޚިޔާނާތުގެ ޖުމުލަ އަދަދުވެސް ނޭނގޭ ކަމަށް ނާފިޒް ވިދާޅުވިއެވެ.

އާރްޑީސީގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ނަންތަކާއި ކުންފުނިތަކެއް ފުލުހުންނާއި އޭސީސީންވެސް ހާމައެއް ނުކުރެއެވެ. އެއީ އެމައްސަލައިގެ ތަހްޤީޤަށް ހުރަސް އެޅިދާނެތީކަމުގައި، ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ، ފުލުހުން އެ މައްސަލަ ތަޙްޤީޤުުކުރުމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތްކަމަށެވެ.

އާރްޑީސީގެ ޚިޔާނާތުގައި ތުހުމަތުތައް ކުރިންވެސް ކޮށްފައިވާ، އެކުންފުނީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރ މޫސާ ޢަލި މަނިކު (މޫކޭ) ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރައްވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.