ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސާރވޭކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި
މިއެއްބަސްވުމުގައި ސޮއެކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބުދުﷲ މުއްޠަލިބު ވިދާޅުވީ، ވިލިމާލޭގެ 5.6 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިމަޝްރޫޢަށް ބޭނުންވާ ސަރވޭގައި ބަލާނީ މަގުތަކުގެ ހާލަތާއި، މަޝްރޫޢަށް ހިނގާނެ ޚަރަދުކަމުަގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަގުތައް ފަރުމާކުރެވޭނީ، ޖުމުލަ ގޮތެއްގައި މަގުތަކުގައި މެދުވެރިވާ މައްސަލަތަކަށް ހައްލެ ހޯދޭނެ ގޮތަށް، ކަރަންޓާއި ފެނާއި ނަރުދަމާގެ ހޮޅިތަކާއި، ކޭބަލްތައް އެޅޭނެ ގޮތަށް ދެމެހެއްޓެނިވި ގޮތެއްގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.