Advertisement

މިލަންދޫގެ މަގުމަތި ---

17 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ށ. މިލަންދޫ މަގުހެދުމުގެ މަސައްކަތް އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

ށ. މިލަންދޫ މަގުހެދުމުގެ މަސައްކަތް އަވަސްކުރުމާއި ގުޅޭ ގޮތުން އާރްޑީސީގެ އިސްވެރިން މިލަންދޫ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އަދި ސީނިއަރ މެނޭޖްމަންޓްގެ އިސްބޭފުޅުން މިއަދު ވަނީ ށ.މިލަންދޫ ކައުންސިލުގެ މެންބަރުންނާއި ބައްދަލުކޮށްފައެވެ. މިބައްދަލުކުރުމުގައި، މަގު ހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދެކެވި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް ނިންމާލުމަށް ކައުންސިލުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމުގައި އާރްޑީސީން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން، އާރްޑީސީގެ ޓީމުން ވަނީ ށ. މިލަންދޫގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫގެ މަސައްކަތްތައް ހިނގާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް، މަސައްކަތް ކުރިއަށްދާ ގޮތް ބަލާފައިކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ. އަދި މިލަންދޫގައި ހުންނަ އާރްޑީސީގެ ސައިޓަށް ޒިޔާރަތްކޮށް އާރުޑީސީގެ މުވައްޒަފުންނާއި ބައްދަލުކޮށް މަޝްރޫޢާ ގުޅޭ ކަންކަމުގައި މަޝްވަރާކޮށްފައިވާ ކަމުގައިވެސް އާރްޑީސީން ވަނީ ބުނެފައެވެ.

މިލަންދޫގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ހަވާލުކުރީ 12 މާރިޗު 2021ގައެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފެށީ އެއަހަރުގެ އޮގަސްޓްމަހުގެ 13 ވަނަ ދުވަހުގައެވެ.

އެ މަޝްރޫޢުގެ ދަށުން މިލަންދޫގައި ޖުމްލަ 6.15 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް އާރްޑީސީއަށް ހަވާލުކުރީ 520 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެހެން ނަމަވެސް އެމަސައްކަތް ނިމިފައި ނުވާތީ ސަރުކާރުން އަލުން މުއްދަތު އިތުރުކޮށްދިނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.