Advertisement

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ދިޔައިރުގެ ފޮޓޯ -

04 Dec 2023
ޚަބަރު
ނޫން

އަމީނީ މަގުގައި މިހާރު ތާރު ނާޅައި އޮތް ދެ ސެގްމެެންޓްގެ މަސައްކަތް އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

ކުރީގެ ސަރުކާރުގެ ދައުރު ހަމަވެގެންދިޔައިރު، އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ނުނިމި އޮތް ދެ ސެގްމެންޓްގެ މަސައްކަތް އަވަށް ނިންމުމަާއި ގުޅޭ ގޮތުން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެކު މަޝްވަރާކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރޯޑް ކޯޕަރޭޝަނާއި އެކު ކުރެވުނު މަޝްވަރާތަކުގައި، މިހާރު ނުނިމި އޮތް ދެ ސެގްމެންޓްގެ މަސައްކަތް އަވަހަށް ފަށައި ނިންމުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އަމީނީ މަގުގައި ނުނިމި އޮތީ، އެމަގުގައި އެންމެ ބާރު ބޮޑު ސަރަހައްދެވެ. އެއީ މާލޭ ހުޅަނގު ދެކުނު ހާބަރުގެ ފުޑުކޯޓުތަކާއި، ރޭޑިއޯ ބިލްޑިންގއާ ދެމެދުން ދަރުމަވަންތަ ހޮސްޕިޓަލާއި ހަމައަށް އޮންނަ އަމީނީމަގުގެ ނިމޭކޮޅުގެ ބައެކެވެ. އެއީ ރާއްޖެ ޓްރާސްޕޯޓް ލިންކުގެ ބޮޑެތި ބަސްތައްވެސް ދަތުރުކުރާ ރޫޓެކެވެ. އެހެންކަމުން އެބައްދަލުވުމުގައި މަގުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާއިރު ޓްރެފިކް ފްލޯއަށް ގެންނާނޭ ބަދަލާއި ގުޅޭ ގޮތުން ޓްރެފިކް ފުލުހުންނާއި ވާހަކަދައްކައިގެން ހައްލެއް ހޯދުމަށްވެސް އެބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.