Advertisement

އަމީނީ މަގުގެ މަސައްކަތް ކުރިޔަށްދާ ގޮތް ---

06 Jan 2024
ޚަބަރު

އަމީނީ މަގުގައި މިއަދު ތާރު އަޅަން ފަށަނީ

އަމީނީ މަގުގައި މިހާރު ނުނިމި އޮތް ސެގްމެންޓް 12، އަދި 13 ނިންމުމުގެ މަސައްކަތުގެ ތެރެއިން މިއަދު އެމަގުގައި ތާރު އަޅަން ފެށޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބުދުﷲ މުައްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއްޠަލިބު މިހެން ވިދާޅުވީ، އަމީނީ މަގުގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އާރްޑީސީންވެސް ބުނެފައި ވަނީ، އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު ކުރިޔަށް ދިޔައީ، އަމީނީމަގުގައި އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމުގެ މަސައްކަތް ކަމަށެވެ.

އަމީނީ މަގުގެ ނުނިމިއޮތް ބައިގެ ޢަމަލީ މަސައްކަތް ރޯޑް ކޯޕަރޭޝަނުން ފަށާފައި ވަނީ، 9 ޑިސެންބަރު 2023 ގައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84.4މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.