Advertisement

ފޮޓޯ: އާރުޑީސީ

13 Jan 2024
ޚަބަރު
ޝިފްނާ އަޙްމަދް

އަމީނީ މަގު އެއްކޮށް ނިންމައި ހުޅުވާލައިފި

އަމީނީމަގުގެ މަސައްކަތް އެއްކޮށް ނިންމާ، މަގު އާއްމުންނަށް ހުޅުވާލައިފިއެވެ. އަމީނީމަގުގެ ފަހު 2 ސެގްމަންޓު މިއަދު ހެނދުނު 6 އަކުން ފެށިގެން ޓްރެފިކަށް ވަނީ ހުޅުވާލާފައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުންނެވެ. އެގޮތުން މި މަގުގެ ޢަމަލީ މަސައްކަތް އާރް.ޑީ.ސީއާއި ޙަވާލުކޮށްގެން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 12 ވަނަ ދުވަހުއެވެ.

މަގުގެ މަސައްކަތް ޖުމްލަ 13 ސެގްމެންޓަކަށް ބަހާލާގެން ކުރަމުން ދިޔައިރު، މަގުގެ މަސައްކަތް މިދިޔަ ރިޔާސީ އިންތިޚާބަށް މެދުކަނޑާލިއެވެ. އޭރު 2 ސެގްމެންޓެއްގެ މަސައްކަތް ނުނިމި އޮތްއިރު، މި 2 ސެގްމެންޓުގެ މަސައްކަތް އަލުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. 

ފަހު 2 ސެގްމަންޓުގައި ހިމެނެނީ އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ކަންމަތިން ފެށިގެން ބޮޑުތަކުރުފާނު މަގާއި އަމީނީމަގު ގުޅޭ ހިސާބަށެވެ. އަމީނީމަގަކީ ކާރުބާރުބޮޑު މަގަކަށްވާތީ، ފަހު 2 ސެގްމަންޓުން ބައެއް މިދިޔަ ބުދަ ދުވަހު ޓްރެފިކަށް ވަނީ ހުޅުވާލާފައެވެ.

އެ ދުވަހު ހުޅުވާލާފައިވަނީ އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަނާއި، ކަނބާ އައިސަރަނި ހިނގުމާއި އަމީނީ މަގު ގުޅޭ ޖަންކްޝަނާއި ހިސާބަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.