Advertisement

އަމީނީ މަގުގައި ހަދަމުންދާ ސަރަހައްދު --

31 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އަމީނީ މަގުގައި ހަދަމުންދާ ސަރަހައްދަށް އާއްމުން ނުވަނުމަށް އިލްތިމާސްކޮށްފި

މާލެއަށް ވެހެމުންދާ ބޯ ވާރެއާއިއެކު އަމީނީމަގުގެ މަސައްކަތް ނުކުރެވި ވަނީ މަޑު ޖައްސާލަންޖެހިފައި ވާތީއާ، އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ހިނަގާބިނގާވެ އުޅުމަށް އާންމުނަށް ރައްކާތެރި ސަރަހައްދަކަށް ނުވުމާއިއެކު، އެ ސަރަހައްދަށް އާންމުން ނުވަނުމަށް ޜޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

އެކުންފުނިން މިކަމަށް އިލްތިމާސްކުރީ، ރެއާ މިއަދު ހެނދު މާލެއަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެންނެވެ.

ރޯޑްކޯޕަރޭޝަންގެ ޓްވީޓް --

އަމީނީމަގުގެ ހަދަމުންދާ ސަރަހައްދަކީ، މާލޭގައި ކުރިންވެސް އާއްމުކޮށް ފެންބޮޑުވަމުން އަންނަ ސަރަހައްދެކެވެ. މަގު ހެދުމުގެ މަސައްކަތަށް ކޮނެފައިވާ ވަޅުގަނޑުތަކަށްވެސް ފެން އެޅި ފުރިފައި ވާއިރު، އެސަރަަހައްދަށް އާއްުމުން ވަންނަ ނަމަ އަނިޔާއެއް ވުމުގެ ފުރުބަތު ބޮޑުވާނެއެވެ. އަމީނީމަގު ރޭޑިއޯ ބިލްޑިން އާ ހިސާބުން ފެށިގެން ބޮޑުތަކުރުފާނު މަގާއި ގުޅޭ ހިސާބަށް މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އަމީނީ މަގުގައި ހަދަމުންދާ ސަރަހައްދުތަކަށް އާއްމުން ފައިމަގުގައި ނުވަނުމަށް ރޯޑް ކޯޕަރޭޝަނުން އިލްތިމާސްކޮށްފައި ވާއިރު، ވިލިގިނލީ ފެރީން ދަތުރުކުރާ މީހުންނަށް ޓާރމިނަލްއަށް ވަދެވެން އޮންނަ އެންމެ ކުރުގޮތަކީ، ހަދަމުންދާ ސަރަހައްދުގެ ތެރެއިން ހިނގާފައި ދިޔުންކަމަށް ވާޓި ގިނަ ބަޔަކު އެސަރަހައްދަށް ވަންނަކަން ފާހަގަކުރެވިފައިވެއެވެ.

ތާރުއަޅައިގެން ޒަމާނީ ފެންވަރަށް އަމީނި މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ނުނިމި އޮތް ދެ ސެގްމެންޓްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ފަށާފައި ވަނީ މި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.