މޫސުމް
މޫސުމް
08 May 2024
ޚަބަރު
މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ވަގުތު ތަކުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން މޫސުމާިއ ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެެއަށް ވައިޓް އެލާޓް ނެރެެފައި ވަނީ މިއަދުގެ މެންދުރު ފަހު 12:30 އިން ހަވީރު 5:00އަށެވެ.
30 Apr 2024
ޚަބަރު
މޫސުމް ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި
މޫސުމް ގޯސްވެ ޔެލޯ އެލާޓް ނެރެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށެވެ. މިގޮތުން ޔެލޯ އެލާޓް ނެރެފައި ވަނީ، މިއަދުގެ މެންދުރު 12:45 އިން ހަވީރު 5:00އަށެވެ.
29 Apr 2024
ޚަބަރު
ހައްދުންމަތިން އުތުރަށް ވައިޓް އެލާޓް!
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ތިލަދުންމަތިންފެށީގެން ހައްދުންމައްޗާއި ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށް ކުރިޔަށް އޮތް 5 ގަޑިއިރު، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން ވައިޓް އެލާޓުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިއަދުގެ މެންދުރުފަހު 1:30 އިން ފެށިގެން އިރުއޮއްސި 7:00އަށެވެ.
13 Apr 2024
ޚަބަރު
މާލޭގައި ދުވަހަކު ފެންބޮޑު ނުވާވަރަށް ފެންބޮޑުވީ މިސަރުކާރުގެ އިހްމާލުން: އަކްރަމް
އެހެން ނަމަވެސް، ނަމަވެސް މިސަރުކާރުގެ ކޮންސްޓަރަކްޝަން މިނިސްޓްރީން ހިންގައި ނިންމޭނެ ޕްރޮޖެކްޓެއް ނެތުމުން މި ސަރުކާރުން އަމީނީމަގު ނިންމި ކަމަށްދައްކަންވެގެން އެ ހޮޅި ނާޅާ މަގުގެ މަސައްކަތް ނިންމާލުމަކީ، މިއަދު އެހާ ބޮޑަށް ފެންބޮޑުވާން ދިމާވި މައިގަނޑު ސަބަބުކަމުގައި އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ.
13 Apr 2024
ޚަބަރު
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
އެއޮތޯރިޓީން ވިދާޅުވީ، މާލެއަށް މިއަދު ކުރި ވިއްސާރައިގައި، މިހާތަނަށް، 85 ތަނަށް ފެންވަދެފައިވާ ކަމަށާއި އޭގެ ތެރެއިން 7 ތަނެއްގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ސިޓީކައުންސިލާއި ފުލުހުންނާއި އެމްއެންޑީއެފާއި ދިވެހިރެޑްކްރެސެންޓްގެ އެހީތެރިކަމާއިއެކު، ވެލިބަސްތާތައް ޖެހުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާ ކަމުގައި އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
13 Apr 2024
ޚަބަރު
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ސިފައިން ނުކުމެ ފެން ހިއްކަންފަށައިފި
އެމްއެންޑީއެފުން ވިދާޅުވީ، ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން މިހާރު ދަނީ ކުރަމުން ކަމަށެވެ.
13 Apr 2024
ޚަބަރު
މުޅިރާއްޖެއަށް ވައިޓް އެލާޓް، ފ އިން އުތުރަށް ޔެލޯ އެލާޓް
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މުޅި ރާއްޖެއަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ފ. އަތޮޅުން ފެށިގެން ހއ. އަތޮޅާއި ދެމެދުގެ އަތޮޅުތަކާއި ރަށްތަކަށްވެސް ގުގުރުމާއި އެެކު ބޯކޮށް ވާރޭ ވެހޭނެ ކަމުގައި މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
13 Jan 2024
ޚަބަރު
ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް ވުރެ ގިނައިން އިއްޔެ މާލެއަށް ވާރޭ ވެހުނު
އިއްޔެއަކީ މިފަހުގެ ތާރީޚުގައި އެންމެ ގިނައިން މާލެއަށް ވާރޭ ވެހުނު ދުވަހެވެ. އިއްޔެ މާލެއަށް މާލެއަށް 159.3 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، މާލެ ފެންބޮޑުވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު މާލެއަށް ވެހުނީ 118.2 މިލިމީޓަރުގެ ވާރެއެވެ.
12 Jan 2024
ޚަބަރު
ވެހޭ ބޯވާރޭގެ ސަބަބުން ފެންގަނޑު އަޑިކޮށްނުލެވި ސިފައިން ފެން ހިންދުމުގައި 12 ގަޑިއިރު
12 Jan 2024
ޚަބަރު
ކުރިއަށްއޮތް 12 ގަޑިއިރުވެސް ބޮޑުބަޔަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ: މެޓް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 12 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ވަޔަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
12 Jan 2024
ޚަބަރު
މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ސިފައިން ފެންހިންދުމުގެ މަސައްކަތް ފަށައިފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި ވިއްސާރަ މާދަމާއަށް ދެމިގެންދާނެއެވެ. އަދި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދުގެ 14:30 އާއި ހަމައަށް، ކ އަތޮޅާއި މ އަތޮޅާއި ދެމެދުގެ އަތޮޅުތަކާއި ރަށްތަކަށް ޔެލޯ އެލާޓު ނެރެފައެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
09 Jan 2024
ޚަބަރު
ރާއްޖެ ހުރަސްކޮށް ކޮޅިގަނޑެއް ދަތުރުކުރާތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
01 Jan 2024
ޚަބަރު
މާލެއިން ތ އަތޮޅަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް ދިޔަވަމުން ދަނިކޮށް ސަލާމަތްކޮށްފި
އެމްއެންޑީއެފުން ވިދާޅުވީ، ހާދިސާގެ މައުލޫމާތު ލިބުމާއިއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ހާބަރ ކްރާފްޓް ވަނީ ދ. ކުޑަހުވަދޫއިން ފުރައިގެން އެސަރަހައްދަށް ދަތުރުކޮށް ލޯންޗުގައި ޕަންޕް ޖައްސައިގެން ދިޔަގަނޑު ކޮންޓްރޯލްކޮށް ރައްކާތެރިކަމާއެކު ލޯންޗު ތ. ބުރުނީ ފަޅަށް ވައްދައިދީފައި ކަމަށެވެ.
01 Jan 2024
ޚަބަރު
މާލެއަށް ކުރި ވިއްސާރައިގައި 164 ގެއަކަށް ގެއްލުންވި: އެންޑީއެމްއޭ
އިއްޔެ މާލެއަށް ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ހިނގި ފެންބޮޑުވުމުގެ ހާދިސާގައި، 164 ގެއަކަށް ފެންވަދެ ގެއްލުންތައް ލިބުނު އިރު، މާލޭގެ 11 ގެއަކުން، 54 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރަން ޖެހުނު ކަމުގައިވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
01 Jan 2024
ޚަބަރު
ފާއިތުވި 46 އަހަރު އެއްދުވަހެއްގައި ހުޅުލެއަށް އެންމެ ގިނައިން ވާރޭ ވެހުނީ އިއްޔެ: މެޓް އޮފީސް
މޫސުމާއި ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ، އެންމެ ފަހުން ރެކޯޑް އަދަދަކަށް ހުޅުލެއަށް ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވުނީ 1977 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައި ކަމަށެވެ. އެދުވަހު ހުޅުލެއަށް 175 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށާއި، އަދި އިއްޔެ ހުޅުލެއަށް 179.7 މިލިލީޓަރުގެ ވާރޭ ވެހުނު އިރު، މިއީ ހުޅުލޭގެ ތާރީޚުގައިވެސް އެއްދުވަހަކަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވުނު ދުވަސް ކަމުގައި އޭނާ ވިދާޅުވިއެވެ.
31 Dec 2023
ޚަބަރު
އަމީނީ މަގުގައި ހަދަމުންދާ ސަރަހައްދަށް އާއްމުން ނުވަނުމަށް އިލްތިމާސްކޮށްފި