Advertisement

މާލޭގައި މިއަދު ފެންބޮޑުވުމުން ސިފައިން ފެންހިއްކުމުގެ މަސައްކަތް ކުރަނީ --

13 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭގައި ދުވަހަކު ފެންބޮޑު ނުވާވަރަށް ފެންބޮޑުވީ މިސަރުކާރުގެ އިހްމާލުން: އަކްރަމް

މާލޭގައި މީގެ ކުރިން ދުވަހަކު ފެންބޮޑު ނުވާވަރަށް ފެންބޮޑުވެ ގެއްލުންތައް ލިބުނީ، އަމީނީމަގުގެ މަސައްކަތް ނިންމުމުގައި އަވަސް އަރުވާލައިގެން، ކުރަން ހުރި ކަންކަން ނުކޮށް މިސަރުކާރުން އެމަސައްކަތް ނިންމާލުމުގެ ސަބަބުން ކަމުގައި ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ، މާލޭގައި މިއަދު ފެންބޮޑުވުމާއި ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި ލިޔުއްވި ޕޯސްޓެއްގައެވެ.

ސަރުކާރު ބަދަލުވިއިރު އަމީނީ މަގުގެ ދެ ސެގްމެންޓެއްގެ މަސައްކަތް އޮތީ ނުނިމިއެވެ. އަދި އެމަސައްކަތުގެ ދަށުން، ފެން ހިންދުމަށް އަޅަންޖެހޭ ހޮޅިތައް ނާޅައި އަމީނީ މަގުގެ އެ ދެ ސެގްމެންޓްގެ މަސައްކަތް އަވަސް އަރުވާލައިގެން ނިންމާލީ މިސަރުކާރުންނެވެ.

ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިހާބޮޑަށް މި ފެންބޮޑުވުމުގެ އަސްލަކީ 2013 އާއި 2018 ދެމެދު މަގު ހެދުމުގެ ކަންތައް ކުރުމަށް ހަވާލުވެ ހުންނެވި އިންފުރާސްޓްރަކްޗަރ މިނިސްޓަރު، އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިހުމާލުކަމަށެވެ. މިގޮތުން އޭނާ ފާހަގަކުރެއްވީ، އެކަމަކީ، މަޖީދީމަގާއި ރިންގްރޯޑް ހެދުމުގެ ޑިޒައިންގެ މައްސަލައެ ކަމަށެވެ.

އަކްރަމް ވިދާޅުވީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި 2023 ގައި އަމީނީމަގުގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވަނިކޮށް މަސައްކަތް ހުއްޓާލެވިފައި އޮތީ، ސްޓޯރމްވޯޓަރ ޕްރޮޖެކްޓް ހިންގާފަރާތުން އެމަގުގެ އެހިސާބުގައި ބޮޑެތިހޮޅި ނުލާ މަސައްކަތް ކުރިއަށް ގެންގޮސްފިނަމަ ފެންހިންދުމަށް ބުރޫ އަރާނެ ކަމަށާއި އަދި ފަހުން އެހޮޅި ލާން އުޅެފިނަމަ އިތުރު ބޮޑެތި ޚަރަދުތަކަކާއި މަސައްކަތް ތަކަކާއި ވަގުތުދާނެ ކަމެއް ކަމަށް ބުނެފައިވާތީ އެ ހޮޅި ބޭރުން އޯޑަރ ކޮއްގެން ގެނެސްގެން ނޫނީ މަސައްކަތް ކުރިއަށް ނުގެންދަންވެގެން ކަމަށެވެ.

އެހެން ނަމަވެސް، ނަމަވެސް މިސަރުކާރުގެ ކޮންސްޓަރަކްޝަން މިނިސްޓްރީން ހިންގައި ނިންމޭނެ ޕްރޮޖެކްޓެއް ނެތުމުން މި ސަރުކާރުން އަމީނީމަގު ނިންމި ކަމަށްދައްކަންވެގެން އެ ހޮޅި ނާޅާ މަގުގެ މަސައްކަތް ނިންމާލުމަކީ، މިއަދު އެހާ ބޮޑަށް ފެންބޮޑުވާން ދިމާވި މައިގަނޑު ސަބަބުކަމުގައި އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ.

އަމީނީ މަގުގެ އެންމެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ނިންމާލުމަށް މިސަރުކާރުން ހޭދަކުރީ އެންމެ 28 ދުވަހެވެ. އަމީނީ މަގު ހެދުމުގެ މަސައްކަތް ނިމިއްޖެކަން ސަރުކާރު އިއުލާނު ކުރީ 7 ޖެނުއަރީ 2024 ގައެވެ. ސަރުކާރު ބަދަލުވުމަށްފަހު އެމަގުގެ މަސައްކަތް ނިންމިލެއް އަވަސްކަން ފާހަގަކޮށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެކަމަށް ތަޢުރީފުކޮށްފައި ވެއެވެ.

މިއަދު މާލެއަށް ވެހުނު ބޯވާރޭގައި އަމީނީ މަގާއި، ބޮޑުތަކުރުފާނު މަގާއި، އެކު މާލޭގެ މާފަންނުގެ ބޮޑު ސަރަހައްދެގައި ފެންބޮޑުވިއެވެ. ބޮޑު ތަކުރުފާނު މަގަކީ މީގެ ކުރިން އެގޮތަށް ފެންބޮޑުވާ މަގެއް ނޫންނަމަވެސް ބޮޑުތަކުރުފާނު މަގުގައިވެސް ވަރަށް ބޮޑަށް ފެންބޮޑުވިއިރު، އަމީނީ މަގުގެ ބައެއް ހިސާބުތަކުގައި ދޮޅުފޫޓާއި ތިންފޫޓާއި ދެމެދަށް ފެންބޮޑުވިކަން ފާހަގަކުރެވުނެވެ. 

ނޭޝަނަލް ޑިޒާސްޓަަރ މެނޭޖްމެންޓް އޮތޯރިޓީން ހާމަކުރައްވާފައިވާ ގޮތުގައި މާލެއިން 7 ގެއަކަށް ފެންވަދެ މީހުންނަށް ދިރިނޫޅެވޭ ވަރު ވިއެވެ.

ކޮމެންޓް
ގުއިއްޒު
މަގުތައް މުއިއްޒުވީ.
13 Apr 2024
ކައިދާ
ޢަބަދުވެސް އެހެންމީހުންގެ ބޮލުގަ އިލްޒާމް އެޅުވުން އެމްޑީޕީ މީހުންގެ ކަމަކީ . ވެރިކަމުގަ ތިބި އިރުވެސް ކަމެއް ގޯސް ވެއްޖެ ނަމަ ޔާމީނު ސަރުކާރިގެ ބޮލުގަ ޢަޅުވަމުން އައީ . ޢެނޫން ކަމެއް ކުރަން ދަންނަ ބައެއް ނޫން
14 Apr 2024
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.