މާލެ ސަރަހައްދު --- ފައިލް ފޮޓޯ
ރާއްޖެއަށް މިދެ ދުވަހު މޫސުމް ގޯސްވާނެ
މިއަދާއި މާދަމާ މޫސުމް ގޯސްވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އެހެންވެ އާންމުކޮށް ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކުރާ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.