Advertisement

ރޭ އެރި ނަގޫރޯޅީގައި ދިއްދޫ ގެއެއްގެ ފުރާޅު އެއްލާލާފައި --

14 May 2024
ޚަބަރު
ޢަލީ ސުލައިމާން

ރޭ ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އެންޑީއެމްއޭ

ރޭ ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީދިނުމުގެ މަސައްކަތް ކުރަމުންދާކަމުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ވިދާޅުވެއްޖެއެވެ.

އެ އޮތޯރިޓީން ވިދާޅުވީ، ވިއްސާރައިގައި ރަށްތަކަށް ލިބުނު ގެއްލުންތައް ދެނެގަނެ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ މަސައްކަތް އެން.ޑީ.އެމް.އޭ އާއި ރަށު ކައުންސިލްތަކާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށަށް ރޭ ވަނީ ގެއްލުންތައް ލިބިފައެވެ. މިގޮތުން ރޭ ފަތިހު، ހއ. ދިއްދޫއަށް ނަގޫރޯޅިއެއް އެރުމުގެ ސަބަބުން އެރަށުގެ 10 ގެއެއްގެ ފުރާޅަށް ގެއްލުން ލިބުނު އިރު، 6 ގެއެއްގެ ފުރާޅުވަނީ އެއްކޮށް އެއްލާލާފައެވެ. އެގެތަކުގައި ދިރިނޫޅެވޭ ވަރު ވެފައިވާތީ، އެގެތަކުގައި ދިރިއުޅުނު މީހުން ވަނީ ވަގުތީ ގޮތުން އާއިލީ އެހެން މީހުންގެ ގެތަކަށް ބަދަލުވެފައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ރޭކުރި ވިއްސާރައިގައި ކޮޅުމަޑުލު ތިމަރަފުށީގައިވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށެވެ. މިގޮތުން ފެންބޮޑުވުމުގެ ސަބަބުން ތިމަރަފުށީގެ 33 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމުގައިވެސް އެން.ޑީ.އެމް.އޭއިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.