Advertisement

13 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިހާތަނަށް 85 ތަނަކުން ފެންވަދެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވާ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެއޮތޯރިޓީން ވިދާޅުވީ، މާލެއަށް މިއަދު ކުރި ވިއްސާރައިގައި، މިހާތަނަށް، 85 ތަނަށް ފެންވަދެފައިވާ ކަމަށާއި އޭގެ ތެރެއިން 7 ތަނެއްގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ސިޓީކައުންސިލާއި ފުލުހުންނާއި އެމްއެންޑީއެފާއި ދިވެހިރެޑްކްރެސެންޓްގެ އެހީތެރިކަމާއިއެކު، ވެލިބަސްތާތައް ޖެހުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާ ކަމުގައި އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލޭގެ 8 ސަރަހައްދެއްގައި 14 ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން މިހާރުވެސް ދަނީ ކުރަމުން ކަމަށެވެ. އޭގެތެރޭގައި އައިޖީއެމްއެޗް، އެސްޓީއޯ ފުށްގުދަން، ދިރާގު އޮފީސް، ވެސްޓް ޕާކް، ޖެލީ ޕިއްޒާ، ދަރުބާރުގެ، ފުޑްކޯޓްގެ އިތުރުން ބޮޑުވަޅު ހުންނަ ސަރަހައްދު ހިމެނޭއެވެ.

މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މިއަދު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ތިން ފަހަރެއްގެ މަތިން ޔެލޯ އެލާޓް ނެރެފައި ވާއިރު، މިހާރު އޮތީ، އެންމެ ދެކުނުގެ ހަތަރު އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.