Advertisement

ހުޅުމާލޭގައި ބޮޑު ފިޠުރޯނު ގަހެއް ވެއްޓި މަގު ބަންދުވެފައި --

23 May 2024
ޚަބަރު
ޢަލީ ސުލައިމާން

ފަތިހު ޖެހުނު ބާރުވައިގައި ހުޅުމާލޭގައި ހުރި ބޮޑެތި ބައެއް ގަސްތައް ވެރިއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަ ވުމުގެ ސަބަބުން ހުޅުމާލޭގައި ހުރި ބޮޑެތި ބައެއް ގަސްތައް ވެރިއްޖެއެވެ.

ހުޅުމާލެ ފިތުރޯނު މަގުގައި، އެމްޓީސީސީގެ ފެރީ ޓަރމިނަލް ކައިރީގައި ހުރި ބޮޑު ފިތުރޯނުގަހެއް މަގުހުރަހަށް ވެއްޓި މަގު މުޅިން ބަންދުވި އިރު، ފިތުރޯނު މަގުގެ އުތުރުކޮޅުގައި ހުރި ބޮޑެތި ފިޠުރޯނު ގަސްތަކުގެ ގޮފިތައްވެސް ވަނީ ވެރިފައެވެ.

މީގެ އިތުރުން ހުޅުމާލޭގެ އެހެން ބައެއް ސަރަހައްދުތަކުންވެސް ގިނަ ގަސްތަކާއި ގަސްގަހުގެ ބައިތައް ވެއްޓިފައިވެއެވެ.

މީގެ އިތުރުން ހުޅުމާލޭފަޅުގައި އޮތް ލޯންޗެއްވެސް ވައިގަދަވެ ކަނޑުގަދަ ވުމުގެ ސަބަބުން ރޭ ބަންޑުންޖަހާލާފައިވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ވ. އަތޮޅުން ފެށިގެން އުތުރުގެ ހުރިހާ އަތޮޅަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އޮރެންޖް އެލާޓް ނެރެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެތީ ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދެއްވުމަށްވެސް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އިއްބެ
ބަސްއިސްލާހުކޮށްލައްވާ ފަތިހުޖެހުނުބާރުވައިގާ ހުޅުމާލޭގައިހުރިބޮޑެތިގަސްތައްވެއްޓިއްޖެ
23 May 2024
ާއަހާ
ކޮންވެރިއްޖެއެއް. ގަސްތައް ވެއްޓުނީ
23 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.