Advertisement

މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުން --

09 May 2024
ޚަބަރު
ޢަލީ ސުލައިމާން

ބާރުގަދަ ހޮނު ގުގުރިއާއެކު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

މާލެއަށް މިރޭ ކުރަމުންދާ ވިއްސާރައިގައި، ހޮނު ގުގުރި ޖަހައި ބައެއް ސަރަހައްދު ތަކުން ކަރަންޓްގެ ޚިދުމަތް ކެނޑިއްޖެއެވެ.

މާލެއިން ކަރަންޓް ކެނޑިފައި ވަނީ، މައްޗަންގޮޅި އާއި މާފަންނުގެ ބައެއް ސަރަހައްދު ތަކުން ކަމުގައި މައުލޫމާތު ލިބިފައި ވެއެވެ. މާލެއަށް މިރޭގެ 22:27 އާއި 22:29 އަދި 22:31ގައި ވަނީ ވަރަށް ބާރަށް ގުގުރާފައެވެ. އެހެން ނަމަވެސް އެއްވެސް ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނެތް ނަމަވެސް، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް ކެނޑުނެވެ.

ރާއްޖެއަށް މޫސުމް ގޯސްވެ މިރޭގެ 23:00 އާއި ހަމައަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮތީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. އަދި މިރޭގެ 22:30 އިން ފެށިގެން މެންދަމު 2:30 އާއި ހަމައަށް ނ އަތޮޅުންފެށިގެން އުތުރުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ، ޔެލޯ އެލާޓް ނެރެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.