Advertisement

މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހުން --

18 May 2024
ޚަބަރު
ޢަލީ ސުލައިމާން

ފުވައްމުލަކާއި އައްޑޫ ސިޓީއަށް ނެރުނު އޮރެންޖް އެލާޓްގެ ވަގުތު މިރޭގެ 23:00 އާއި ހަމައަށް އިތުރުކޮށްފި

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން، ފުވައްމުލަކާއި އައްޑޫ ސިޓީއަށް ނެރުނު އޮރެންޖް އެލާޓްގެ ވަގުތު މިރޭގެ 23:00 އާއި ހަމައަށް އިތުރުކޮށްފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އައްޑޫ ސިޓީ އާއި ފުވައްމުލަކަށް މޫސުމް ވަރަށް ގޯސްވާނެ ކަމަށާއި ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށެވެ. އަދި އެވްރެޖް ގޮތެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން، މިއަދު އެންމެ ފުރަތަމަ އައްޑޫ ސިޓީއާއި ފުވައްމުލަކަށް އޮރެންޖް އެލާޓް ނެރެފައި ވަނީ، މިއަދުގެ މެންދުރުފަހު 3:00 އިން ފެށިގެން އިރުއޮއްސި 7:00އަށެވެ. 

ރާއްޖޭގެ މޫސުމް ގޯސްވެ ބ އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅަކަށް މިރޭގެ 22:30 އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައި ވާއިރު، އެންމެ އުތުރުގެ އަތޮޅުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މިދުވަސްވަރު ރާއްޖޭގެ މޫސުމް ވަަރަށް ބޮޑަށް ގޯސްވެފައި ވާތީ، ރޭނގަނޑު ކަނޑުދަތުރުފަތުރު ނުކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.