Advertisement

އުތުރަށް ރޭކުރި ވިއްސާރައިގައި ގެއްލުން ލިބިފައި ---

21 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ކުޅުދުއްފުށީގައި ފެންބޮޑުވެ 5 ގެއަކުން މީހުން ބަދަލުކޮށްފި

އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުއްފުށީގެ 57 ގެއަކަށް ފެންވަދެ ގެއްލުންތައް ލިބުމާއި ގުޅިގެން، 5 ގެެއަކުން މީހުން ބަދަލުކުރަން ޖެހިފައިވާ ކަމުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެ އޮތޯރިޓީން ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރައިގައި، ކުޅުދުއްފުށީގެ އިތުރުން، ހއ. ހޯރަފުށީގެ 2 ގެއަކަށާއި، ށ.ފީވަކުގެ 5 ގެއަކަށް އަދި ށ.ނޫމަރާގެ 5 ގެއަކަށް ފެން ވަދެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. 

އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެސަރަހައްދަށް ރޭ އޮރެންޖެ އެލާޓްވެސް ނެރުނެވެ.

ހުޅަނގު މޫސުމްގެ ބާރު ގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިދިޔަ ހަފްތާގައި މާލޭގައިވެސް ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިގޮތުން، މާލެއިން އެކަނިވެސް،  އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް -/819،549ރ ގެ ގެއްލުން ލިބުނުކަމުގައި އެންޑީއެމްއޭ އިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.