ބޯކޮށް ވާރޭވެހި މިއަދު ފެންބޮޑުވި ނަމަވެސް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ނެތް
މިއަދު މެންދުރުފަހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވާން ފެށުމާއި ގުޅިގެން އެމްއެންޑީއެފުން ވަނީ މަގުތަކުން ފެންހިންދުމުގެ މަސައްކަތާއި، ވެލިބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައެވެ. އަދި މިހާރު މާލޭގެ އެކި ސަރަހައްދުތަކުން ފެންގަނޑުތައް ހިންދާލެވިފައިވާ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.