Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

04 Jan 2024
ޚަބަރު

މާލެއަށް ކުރި ވިއްސާރަ 70 ގޭބީސީއަކަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ

ޑިސެމްބަރ 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 70 ގޭބީސީއަކަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ވިއްސާރައިގައި ލިބުނު ގެއްލުން ދެނެގަތުމަށް އެސެސްމަންޓް ހެދުމަށް 154 ގެއެއް ކަނޑައެޅުނު ކަމަށެވެ. މީގެތެރެއިން 87 ތަނެއްގެ އެސެސްމަންޓްވަނީ ހަދާފައެވެ. އޭގެތެރެއިން 19 ތަނަކީ އެކިއެކި ވިޔަފާރިކުރާ ތަންތަނެވެ. 27 ގޭބީސީއަކުން އެސެސްމަންޓް ހަދަން ބޭނުންނުވި ކަމަށާއި، 21 ގޭބީސީއަކަށް އެކި ސަބަބުތަކާއި ހެދި ނުވަދެވުނު ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

އެންޑީއެމްއޭއިން ކުރިއަށް ގެންދިޔަ އެސެސްމަންޓުން 34 ގޭބީސީއެއްގެ އިމާރާތައް ގެއްލުންވިކަމަށް ފާހަގަވެފައިވާ ކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. އަދި 65 ގޭބިސީއެއްގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

މި ތަންތަނުގެ އެސެސްމަންޓް ހެދުމަށްފަހު 70 ގޭބީސީއަކަށް ސަރުކާރުން އެހީ ދިނުމަށް ނިންމާފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އެއީ ޖުމްލަ 457،242.60 ރުފިޔާއެވެ.

މި ވިއްސާރައިގައި 8 ގެއަކުން 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭއިން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ފުރަތަމަ އިޖާބަދިނުމަށް ނުވަތަ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 179،275 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.