Advertisement

ސިފައިން ފެން ހިއްކުމުގެ މަސައްކަތުގައި ---

12 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފެންބޮޑުވުމާއި ގުޅިގެން މާލޭގެ 8 ގެއަކުން 57 މީހުން ވަނީ ވަގުތީ ހިޔާވަހިތަކަށް ބަދަލުކޮށްފައި: އެންޑީއެމްއޭ

މިއަދު ހެނދުނުންފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން މާލޭގެ 8 ގެއަކުން 57 މީހުން ވަގުތީހިޔާތަކަށް ބަަދަލުކޮށްފައިވާ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.

އެއޮތޯރިޓީން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުންތަކެއްވެގެން ރިޕޯޓްކުރަމުން ދަނީ ވެރިރަށް މާލެއިން ކަމަށެވެ. މިގޮތުން، 144 ގެއަކުން އެހީތެރިކަމަށް އެދުނު ކަމަށާއި، 91 ގެއެއްގައި ވެލި ބަސްތާތައް ޖެހިފައިވާ ކަމަށެވެ.

މާލޭގެ އިތުރުން، ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ، ދ ކުޑަހުވަދޫގައިވެސް ވިއްސާރަވުމާއި ގުޅިގެން ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމުގައިވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މާލޭގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑުތައް ހިންދާލުމަށް ސިފައިން ކުރަމުންދާ މަސައްކަތުގައި ހުކުރު ދުވަހުގެ ރޭ މެންދަމު 12 ޖެހުމާއި ހަމަށް، 18692 ޓަނުގެ ފެން މާލެއިން ބޭރުކުރެވުނު ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ބުނެފައެެވެ. މީގެ އިތުރުން އެހާތަނަށް 46 ގެއެއްގައި ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖަހައިދެވިފައިވާ ކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.

ހުކުރު ދުވަހުގެ ރޭ މެންދަމު 12 ޖެހި އިރުވެސް މާލޭގެ މާފަންނުގެ ބޮޑުބައެއްގައި އޮތީ ފެންބޮޑުވެފައެވެ. ފެންގަނޑުތައް ހިންދާލުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، މެދުކެނޑުމެއް ނެތި، ބޯކޮށް ވާރޭ ވެހެމުން ދިޔުމެވެ.

މިއަދު ބޯކޮށް ވާރޭވެހި ލިބުނު ގެއްލުންތައް ބަައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަތީފާއި ހޯމްލޭންޑް މިނިސްޓަރ ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.